މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވ. ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ވ. ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL)141-P/141/2026/8) (20 ޖަނަވަރީ 2026) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ކްރައިޓީރިއަރއަށް ނުފެތޭތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 05 މޭ 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 06 މޭ 2026 ވާ ބުދަ ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/r3S8tsEe9YSyYppd6
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
30 އޭޕްރިލް 2026
ހޯދާ
