ދިވެހިރާއްޖެ
ނަންބަރު: 258/258/2026/27(IUL)
އިޢުލާން
މި ކައުންސިލްގެ ދޮންވެލި 1 ( ފުލުހުންގެ ވަގުތީ އެކަމޮޑޭޝަން ޢިމާރާތް) ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކައުންސިލްގެ ނަންބަރު 258/258/2026/12(IUL) އިޢުލާނަށް އެކަށިގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ އާއި ހުށައަޅާފައިވާ އަގު ބޮޑު ވުމާއި ގުޅިގެން މި އިޢުލާން ބާތިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/27 – Fill out form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
30 އޭޕްރިލް 2026 އިން 07 މެއި 2026 |
30 އޭޕްރިލް 2026 އިން ފެށިގެން 07 މެއި 2026 ވާ އަންގާރަ ދުވަހުގެ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
19 މެއި 2026 |
ހެނދުނު 11:30 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޛުލްޤައިދަ 1447
30 އޭޕްރިލް 2026
