މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ކުލަބް، ޖަމާއަތްތަކަށް ހުޅުވާލުން

ނަންބަރު:(IUL)303-CA/303/2026/15

އިއުލާން

1447 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ކުލަބް، ޖަމާއަތްތަކަށް ހުޅުވާލުން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޢީދުގެ ހަރާކާތްތައް ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ ކުލަބު ޖަމިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ކްލަބް ޖަމްޢިއްޔާތަކުން މި އިޢުލާނާއިއެކު މިވާ ލިންކް މެދުވެރިކޮށް 2026 މެއި 07 ވަނަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުން އޮންނާނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. އިޢުލާނާއެކުމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ކުލަބު ޖަމިއްޔާއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް އަދި، ބީލަން ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ލިންކް: https://forms.gle/aNxM7bAPnRh5WMuA7

30 އޭޕްރިލް 2026
ހޯދާ