ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ އިމްތިޙާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބާ އިމްތިޙާނުގައި ބައިވެރިވުމުގެ ޝަރުޠު(ތައް):
- ދިވެހި ރައްޔިތެއްކަމުގައި ވުން؛
- ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން (ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ޑިގްރީއަކީ އެ ޑިގްރީއެއް ހާސިލުކުރި ޤައުމެއްގައި ނުވަތަ ޖުރިސްޑިކްޝަނެއްގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބަލައިގަންނަ ޤާނޫނީ ދާއިރާގެ ޑިގްރީއަކަށް ވާންވާނެއެވެ.)
- އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކޮށްފައިވުން؛ އަދި
- ބާ އިމްތިޙާނުގެ ފީ ދެއްކުން.
|
އިމްތިޙާނުގެ ތާރީޚު: |
19 ސެޕްޓެންބަރު 2026
|
|
އިމްތިޙާނު އޮންނަ ތަން: |
މާލެ |
|
2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސިލަބަސް: |
ބާ އިމްތިޙާނުގެ ސިލަބަސް ބާ ކައުންސިލުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. https://barcouncil-media.s3.ap-southeast-1.amazonaws.com/be2026-syllabus-1770779671fqYOs.pdf
|
|
އިމްތިޙާނުގެ ފީ: |
|
|
ރެޖިސްޓްރޭޝަން:
|
ބާ އިމްތިޙާނުގައި ރަޖިސްޓަރީވާނީ އަންނަނިވި ލިންކު މެދުވެރިކޮށެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.gle/UwPpcy5dm87skJQr9
އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް:
|
|
ސުންގަޑި: |
އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2026 އެވެ. |
އިތުރު މަޢުލޫމާތު:
ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްދާނެ ގޮތް
- ބާ އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތުން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންވާނެއެވެ.
- ބާ ކައުންސިލަށް ލިބޭ ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ފޯމު ހުށަހެޅި ފަރާތްތަކުން ދެން ކުރިއަށްދާންވީގޮތުގެ އިރުޝާދު ބާ ކައުންސިލުން ފޯރުކޮށްދޭނެއެވެ. ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭއިރު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާނަމަ ޕްރޮސެސްކުރުން އަވަސްވާނެއެވެ.
- އެޕްލިކޭޝަން ޕްރޮސެސްކުރުމަށްފަހު ބާ އިމްތިޙާނުގެ ފީ ދެއްކުމުގެ އިރުޝާދު އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ. ފީ ދައްކާނީ ފީ ދެއްކުމުގެ އިރުޝާދު ކެންޑިޑޭޓަށް އީ-މެއިލުން ލިބުމުންނެވެ. 2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށްޓަކައި 15 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ފީ ދައްކަންވާނެއެވެ.
- ބާ އިމްތިޙާނުގެ ފީ އެއްކޮށް ދެއްކުމުން، ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ފުރިހަމަވީއެވެ. އަދި، މި ފީ ދެއްކުމުން، އިމްތިޙާނުގައި ރަޖިސްޓަރީކޮށްފައިވާ ކަމުގެ ކޮންފަރމޭޝަން މެސެޖެއް، އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ. ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ މި ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ.
- މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެ ކަންކަން ފުރިހަމަކުރުމަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ. އިޞްލާހުކުރަން އެންގޭ ކަންކަން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކުރާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ބާ އިމްތިޙާނާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ބާ ކައުންސިލުގެ ބާ އެގްޒޭމް ޕޭޖުގައި އަޕްޑޭޓްކުރެވެމުންދާނެއެވެ.https://maldivesbarcouncil.org/bar-exam
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް އީ-މެއިލް ކުރައްވާ، ނުވަތަ 3333990 މި ނަންބަރު ފޯނަށް ގުޅުއްވާ.
