ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ސްކޫލުގެ ކްލާސްރޫމް އިމާރާތެއްގެ ޓިނު ބަދަލުކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 އޭޕްރީލް 2026 ން 06 މެއި 2026 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސްކޫލުގެ ކްލާސްރޫމް އިމާރާތެއްގެ ޓިނު ބަދަލުކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
4.. ބިޑް ހުށަހެޅުން އޮންނާނީ 13 މެއި 2026 ވާ ބުދަ ދުވަހު 11:00 ގައި ބ. ގޮއިދޫ ސްކޫލްގައެވެ.
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
6. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 މެއި 2026 ވަނަދުވަހުގެ 10.00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
7. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
8. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
9. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600014 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
