މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓިގައި ބޭނުންކުރާ ޕާލޯއަލްޓޯ (Paloalto) ފަޔާރވޯލްތަކުގެ ލައިސްންސް އައުކުރުން

މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް ޕާލޯއަލްޓޯ (Paloalto) ފަޔާރވޯލްތަކުގެ ލައިސްންސް އައުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ކޮންޓެކްޓް ކުރެވޭނެ ފަރާތުގެ މަޢުލޫމާތު، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު ހިމެނުމަށް ފަހު، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

07 މޭ 2026

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

12 މޭ 2026

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

17 މޭ 2026

އާދިއްތަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

30 އޭޕްރިލް 2026
ހޯދާ