ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދެ އަހަރު ދުވަހުގެ މުއްދަތައް ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ދެ އަހަރު ދުވަހުގެ މުއްދަތައް ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

  1. މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ސުވާލުކަރުދާސްތަކާއި އިމްތިޙާނާގުޅޭ ތަކެތި ތަންތަނަށް ގެންދިއުމަށް ކުރާ ދަތުރު ކުރުމަށްޓަކައި، 02 އަހަރު ދުވަހުގެ މުއްދަތަށް ކާރާއި ވޭން އަދި ޕިކަޕުގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 29 އޭޕްރީލް 2026 ން 05 މެއި 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/2pETnVUH7zSWiHif7
  5. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 7 ވަނަ ދުވަހުގެ 10:45 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ އިއްޒުއްދީން ބިލްޑިންގ 4 ވަނަ ފަންގިފިލާގެ ލޮޖިސްޓިސް ރޫމް ގައެވެ. 
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7912737 /3041395 އިން ލިބިވަޑައިގަންނަވާނެއެވެ.

11 ޛުލްޤައިދާ 1447

29 އޭޕްރީލް 2026

29 އޭޕްރިލް 2026
ހޯދާ