މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
މިވުޒާރާގެ ބޭނުމަށް ސާވަރއެއް ހޯދުން

އިޢުލާން

މިވުޒާރާގެ ބޭނުމަށް ސާވާރާއެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL)142-A5/142/2026/17 (02 ފެބުރުވަރީ) 2026) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުގެ ވެލިޑިޓީ މުއްދަތު ހަމަވެފައިވާތީ، އެއިޢުލާން ބާޓިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 މޭ 3 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/5j36Fsvp6s

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 މޭ 11 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 މޭ 05 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ   3020239 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 އޭޕްރިލް 2026
ހޯދާ