ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުމަށް ހުޅުވާލުން.

ނަންބަރު:  258/258/2026/22(IUL)                            

އިޢުލާން

       

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުމަށް ހުޅުވާލުން.

ކައުންސިލުން އަންގާ ގޮތެއްގެ މަތިން ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އަދި ފިރިހެން އެގްޒެމިނަރުން ހޯދުމަށް ބޭނުންވެއެވެ.

 

އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު 02

- އަންހެން: 01

- ފިރިހެން: 01

 

ޝަރުޠު

- އަންހެން އެގްޒަމިނަރުން: މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

- ފިރިހެން އެގްޒަމިނަރުން: މަދުވެގެން A0 އިން ފެށިގެން ހެވީ ވެހިކަލް ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

- ފާއިތުވި 05 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 (ފަހެއް) އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

- ޢުމުރުން 50 (ފަންސާސް) އަހަރު ނުވާ މީހެއްކަމުގައި ވުން.

-  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި  މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

- އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

         

 އުޖޫރަ

- ޕްރެކްޓިކަލް އޮންނަ ކޮންމެ ދުވަހަކު ދުއްވާ A1 , A0 ކެޓަގަރީގެ ދުއްވުމަކަށް -/15 ރުފިޔާ

- ޕްރެކްޓިކަލް އޮންނަ ކޮންމެ ދުވަހަކު ދުއްވާ އެހެނިހެން ކެޓަގަރީގެ ކޮންމެ ދުއްވުމަކަށް -/25 ރުފިޔާ

 

ހުށަހަޅަން ޖެހޭ ލިޔުންތައް

-  ޕޮލިސް ރިޕޯޓް (ތިންމަސްހަމަނުވާ)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ސިޓީ

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 10 މޭ 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 ވީމާ މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.         

                      11 ޛުލްޤަޢިދާ 1447

                      28 އޭޕްރީލް 2026  

28 އޭޕްރިލް 2026
ހޯދާ