އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
އުނގޫފާރު ސްކޫލްގެ ބާ ކުލާސްރޫމް އިމާރާތް ތަޅާ ބިންސާފު ކޮއްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 30 އޭޕްރިލް 2026 21:53 ގައި ބާތިލް ކުރެވިފައެވެ.


އުނގޫފާރު ސްކޫލްގެ ބާ ކުލާސްރޫމް އިމާރާތް ތަޅާ ބިންސާފު ކޮއްދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލްގައި އަޅަން ހަމަޖެހިފައިވާ 8 ކުލާސް ރޫމް އިމާރާތް އަޅަން ނިންމާފައިވާ ބިމުގައި ހުރި ބާ އިމާރާތް ތަޅާ ބިން ސާފުކޮށް ދިނުމުގެ މަސައްކަތާއި އަލަށް އިމާރާތް ކުރާ ގުދަނުގެ މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް  2026 އެޕްރީލް 8 2ން 2026  މައި 03 ގެ ނިޔަލަށް   މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް"  ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 04 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 މެއި 04 ވާ ހޯމަ ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ބިޑް ރަޖިސްޓްރީ ފޯރމް، ސްކޫލް ފުލޯރ ޕުލޭން އަދި ގުދަނުގެ ކުރެހުން މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އުނގޫފާރު ސްކޫލް

ރ.އުނގޫފާރު، ދިވެހިރާއްޖެ.

ފޯން:   6580262

އީ-މެއިލް [email protected]

 

28 އޭޕްރިލް 2026
ހޯދާ