ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ. ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލުން) އެޕާރޓުމަންޓެއް ކުއްޔަށް ދިނުން

 

ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާއި ގުޅޭ

ލ. ގަމުގައި ޤާއިމުކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓަރ (އާރ.އެލް.ސީ) / ދަނާލުގެ ޚިދުމަތަށް އެދޭފަރާތްތަކަށް  އެޕާޓްމެންޓްތައް ދޫކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ދަނާލުގައި މިވަގުތު ހުސްކޮށްހުރި 01 އެޕާޓްމަންޓަށް އެދި ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

  1. އާރު.އެލް.ސީ (ދަނާލު) ކުއްޔަށް ދެވޭނެ ފަރާތްތައް:

ހ. އެޕާޓްމެންޓް ކުއްޔަށް ދޫކުރެވޭނީ ލ. ގަމުގައި އަމިއްލަ ގޯތިގެދޮރު ނެތް، ލ. ގަމުގެ ވަޒަންވެރިންކަމުގައި ނުވާ، ރަށުން ބޭރު ފަރާތްތަކަށެވެ.

ށ. އާރު.އެލް.ސީ/ ދަނާލު އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ކުއްޔަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

2. އާރު އެލް ސީ (ދަނާލު) ބޭނުންކުރެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ބޭނުންކުރެވޭނީ އާރު.އެލް.ސީ ހުންނަ ރަށުގައިހުރި ތަޢުލީމުދޭ ސުކޫލް/މަދަރުސާއެއްގައި ރަޖިސްޓަރީވެގެން ކިޔެވުމަށް އެރަށަށް އައިސްތިބޭ އެހެން ރަށްރަށުގެ ދަރިވަރުންނަށާއި އެފަދަ ކުދިންނާއި ހަވާލުވެގެން ތިބޭ ބެލެނިވެރިންނަށެވެ.

ށ. އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުހަލާއެއް ފުރިހަމަކުރުމަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

 3.އާރު.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

ހ. އާރު.އެލް.ސީގެ ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެ އެޕާޓްމެންޓެއްގައި ދަރިވަރުންނާއި ހަވާލުވެގެން ހުންނަ ބެލެނިވެރިއެއްގެ އިތުރުން މަދުވެގެން 03 ދަރިވަރުން (ސުކޫލް ދަރިވަރުން) އެ އެޕާޓްމެންޓްގައި ދިރިއުޅެން ހުށައަޅާފައިވާނަމައެވެ.

 ށ. އާރު.އެލް.ސީގެ އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ކުއްޔަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ނ. ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެޕާޓްމެންޓް ކުއްޔަށް ހިފާ ފަރާތާއި އާރު.އެލް.ސީ ބަލަހައްޓާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ރ. ކޮންމެ އެޕާޓްމެންޓެއްވެސް ކުއްޔަށްދެވޭނީ މަދުވެގެން 03 މަސް ދުވަހުގެ މުއްދަތަށް އަދި ގިނަވެގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން އެޕާޓްމެންޓް ކުއްޔަށްދެވޭނީ ހިންގަމުންދާ ދިރާސީ އަހަރުގެ ނިޔަލަށެވެ.

ބ. އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަވުމުން އެޕާޓްމެންޓް ދޫކޮށްލަންޖެހޭނެއެވެ.

ޅ. ހަމަޖެހިފައިވާ ކުއްޔާއި، ކަރަންޓަށް ހިނގާ ޚަރަދު އެޕާޓްމެންޓާއި ޒިންމާވާ ފަރާތުން ޤަވާޢިދުން ދައްކަންޖެހޭނެއެވެ.

ކ. އެޕާޓްމެންޓް ކުއްޔަށްހިފާފައިވާ ބެލެނިވެރިޔާއަށް، އެ އެޕާޓްމެންޓްގައި ކުއްޔަށް ދަރިވަރުން ބޭތިއްބިދާނެއެވެ. އެހެންނަމަވެސް އެގޮތުން ބައިތިއްބާ ދަރިވަރުން ވާންޖެހޭނީ ސުކޫލުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަމުގައެވެ. އަދި އެދަރިވަރުންގެ ކަންކަމާއި ޒިންމާ ވާންޖެހޭނީ އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ބެލެނިވެރިޔާއެވެ.

އ. އެޕާޓްމެންޓް ދޫކުރުމުގައި އިސްކަންދެވޭނީ އެ އެޕަރޓުމަންޓުގައި އުޅޭނެކަމަށް ހުށަހަޅާ ދަރިވަރުންގެ ޢަދަދަށެވެ. އަދި އެޕާޓްމެންޓް ދޫކުރެވޭނީ ޕޮއިންޓް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

 

4. މާރކްސް ދެވޭނެ ބައިތަކާއި ދެވޭނެ މާރކްސް:

#

މާރކްސް ދެވޭނެ ބައިދާ

ލިބޭނެ މާރކްސް

1

މަތީގައިވާ ބައިތަކުން މިންގަނޑު ތަކަށް ޝަރުޠު ހަމަވާނަމަ

20

2

ދަރިވަރުންގެ އަދަދަށް ދެވޭ ޕޮއިންޓް ( ދަރިވަރަކަށް 10 ޕޮއިންޓް، ގިނަވެގެން ދެވޭނީ 50 ޕޮއިންޓް)

50

3

ގަމުގައި މިހާތަނަށް ހޭދަވި މުއްދަތު  (ކޮންމެ އަހަރަކަށް 05 ޕޮއިންޓް، ގިނަވެގެން ދެވޭނީ 20 ޕޮއިންޓެވެ.)

* ގަމުގައި ދިރިއުޅޭކަމަށް ބެލެވޭނީ ގަމުގައި ދިރިއުޅެމުން އަންނަ މުއްދަތު އެނގޭނެ ކަމާބެހޭ އިދާރާއެއްގެ ލިޔުމެއް ނުވަތަ ދަރިވަރުން ސްކޫލުގައި ކިޔާވަމުން އަންނަ މުއްދަތު އެނގޭނެ ލިޔުމެއް ހުށަހަޅާފައިވާނަމެއެވެ.

20

5

އަމިއްލަ ރަށުގައި ލިބެން ނެތް މަދްރުސީ  ތަޢުލީމުގެ މަރުހަލާއެއް ފުރިހަމަ ކުރާތީ ދެވޭ ޕޮއިންޓް

* މިބަޔަށް ޕޮއިންޓު ދެވޭނީ ދަރިވަރުން ސްކޫލުގައި ކިޔާވަމުން އަންނަކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިވާނަމެއެވެ.

10

ޖުމްލަ:

100

 

 

 

 5- އެޕާރޓުމަންޓަށް އެދެންވީ ގޮތާއި ސުންގަޑި :

ހ. އެޕާރޓުމަންޓަށް އެދޭ ފޯރމް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. އަދި ފޯރމް ބަލައިގަތުން އޮންނާނީ ސްކޫލުގެ އިދާރީ އޮފީހުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 13:00 އަށެވެ. މީގެ އިތުރުން އީމެއިލްގެ ޒަރިއްޔާއިންވެސް އެޕާރޓުމަންޓަށް އެދޭ ފޯރމާއި ލިޔެކިޔުންތައް ހުށަހެޅިދާނެއެވެ. އީމެއިލް: [email protected]

ށ. ފޯރމް ހުށަހަޅަންޖެހޭ ސުންގަޑި: 05 މެއި 2026 ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށް.

6- އެޕަރޓުމަންޓަށް އެދޭ ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      އެޕާރޓުމަންޓަށް އެދޭ ފޯރމް.

2-      އެޕާރޓުމަންޓަށް އެދޭ ފަރާތުގެ އައިޑީކާރޑުގެ ސާފު ކޮޕީ.

3-      އެޕާރޓުމަންޓުގައި ދިރިއުޅޭނެ ފަރާތްތަކުގެ އައިޑީ ކާރޑުގެ ސާފުކޮޕީ.

4-      ލ. ގަމުގައި ދިރިއުޅެމުން އަންނަ ފަރާތެއްކަން އަންގައިދޭ ކަމާބެހޭ ފަރާތުގެ ލިޔުން.

5-      އަމިއްލަ ރަށުގައި ލިބެން ނެތް މަދްރުސީ  ތަޢުލީމުގެ މަރުހަލާ ފުރިހަމަ ކުރުމަށް ލ. ގަމުގެ ސްކޫލުތަކުން ސްކޫލެއްގައި ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން އަންނަ ނުވަތަ ސްކޫލަށް ވެއްދުމަށް ޖާގަ ހަމަޖެހިފައިވާ ކަން އެނގޭނެ ލިޔުމެއް.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 އޭޕްރީލް 2026

28 އޭޕްރިލް 2026
ހޯދާ