އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުން

ީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ: 137-IU/PR/2026/49

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-23

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުން

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ސަޕްލައިކުރުމަށް ބޭނުންވާ ތަކެތީގެ ރިކުއާރމެންޓްސް  އަދި ބޭނުންވާ އަދަދު މިއިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ތަކެއްޗާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަށް ވޮރެންޓީއެއް ދޭންވާނެއެވެ.
  • އައިޖީއެމް ހޮސްޕިޓަލްއަށް ސަޕްލައިކުރާ މުދަލަކީ އަސްލު (އޮރިޖިނަލް) އައިޓަމްކަން އެނގޭނެ މެނުފެކްޗަރގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު އިއުލާންގައި ބަޔާންކޮށްފައިވާ އައިޓަމްގެ އަދަދަށް އަގު ހުށަހަޅަންވާނެއެވެ.
  • ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.
  • އައިޓަމްތައް އިވެލުއޭޓް ކުރެވޭނީ އައިޓަމް ނަންބަރ 01 އިން 11 އަށް އެއްކޮންނެވެ. އަދި އައިޓަމް ނަންބަރ 12 އިން 19 އެއްކޮންނެވެ.  
  • އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ  ގިނަވެގެން  02 އޮޕްޝަން / އޮފަރ އެވެ. 
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  • ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
  • މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 06 މެއި 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

28 އޭޕްރިލް 2026
ހޯދާ