ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑޫހުޅުދޫ މަސްޖިދުލް އަބީބަކުރު މިސްކިތުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުން ވެއްޖެ

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް އަބީބަކުރު މިސްކިތުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން: 04 މެއި 2026 ވަނަ ދުވަހު 13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން: 11 މެއި 2026 ވަނަ ދުވަހު 13:00 ގައި

 

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.

28 އޭޕްރިލް 2026
ހޯދާ