ދިވެހިރާއްޖެ
(IUL)VMC-PROC/1/2026/14 :ނަންބަރ
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް “NAS Storage System” ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކޯޕަރޭޝަނަށް “NAS Storage System” ވިއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 މެއި 04 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު، 2026 މެއި 11 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 މި ކޯޕަރޭޝަން ގެ އޮފީސް ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ކުންފުނީގެ ނަން:
- ގުޅޭނެ ފަރާތެއްގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: Bid Registration To Purchase NAS Storage System for VMC
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ.
10 ޒުލްގައިދާ 1447
