ދިވެހިރާއްޖެ
|
South Asian University (SAU) for the year 2026-2027 |
|
ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ދަށުން ހިންގާ ސައުތް އޭޝިއަން ޔުނިވަރސިޓީ (ސައު) އިން 2026-2027 ވަނަ އަހަރަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ޕްރޮގްރާމުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާރސް ޑިގްރީ އަދި ޕީ.އެޗް.ޑީގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިސްކޮލަރޝިޕް ދަށުން ކުރާ ހަރަދުތަކުގެ ތަފްސީލް އަޕްލޯޑް ކުރެވިފައިވާ ބްރޯޝާއިން އަދި ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެވެ. މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު www.sau.int. އާއި މި މިނިސްޓްރީގެ ވެބްސައިޓް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ. ވީމާ، މި ފުރުޞަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 20 މެއި 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް، އެޕްލިކޭޝަން ހުށަހެޅުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ................................................................................................................................................................................ * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. |
