ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހަށް ބޭނުންވާ 25 ޔޫ.ޕީ.އެސް ވިއްކާނެ ފަރާތެއް ހޯދުން
މި އޮފީހަށް ބޭނުންވާ، މި ދަންނަވާ 25 ޔޫ.ޕީ.އެސް ވިއްކާނެ ފަރާތެއް ހޯދުމަށް 16 އެޕްރީލު 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/43 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާނުކުރަމެވެ.
މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މަޢުލޫމާތު، 2026 އެޕްރީލު 30 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އެޕްރީލު 30 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 މޭ 6 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
