ދިވެހިރާއްޖެ
1- މިރަށު އެރޯ ގޯތީގެ ދެކުނުން އަވަށްބޭރުގައި ހުރި 01 މިދިލިގަސް ކަޑަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)322-M/322/2025/139 އިޢުލާނުގައި ވާ މަސައްކަތްތަކަށް ބަދަލު ގެނެވިފައި ވާތީ، އެއިޢުލާން ބާޠިލުކޮށް، މިރަށު އެރޯ ގޯތީގެ އަވަށްބޭރުގައި ހުރި 01 މިދިލިގަހާއި ހަލަވެލި ގޯތީގެ ދެކުނުގައި ހުރި 1 ރުކާއި ނޭޗަރ ޕާރކް އުތުރުގައި ހުރި ބުޑުލީ ނުފޯދޭ 1 ރުއް ކަނޑަން ބޭނުންވާތީވެ، ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
2- މިރުއްގަހުގައި ރަތްދަވާދުން X ޖަހާފައިވާނެއެވެ.
3- ރުއް ކަޑާނީ 1 ފޫޓު ދުރުން ފެށިގެން ކޮނެގެން އޭގެ ބުޑާއެކުގައެވެ. ގަސް ކަޑާނީ ކޮނެގެން އޭގެ ބުޑާއެކުގައެވެ. އަދި އޭގެ ބޭރުންވެސް ބުޑުން ބައެއް ނުވަތަ ބުޑުގަނޑުގެ މޫތައް ބިމުން މައްޗަށް އެއްވެސް ވަރަކަށް ހުރެގެން ނުވާނެއެވެ. ވަޅުތަކަށް ފަސްލާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން އޯކޭ ދިނުމުންނެވެ.
4- މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން ގާކުނިތަކާއި ރުއްގަހުގެ މޫތަކާއި އެންމެހާ ތަކެތި ނަގައި ރަގަޅަށް ތަން ސާފުކުރަންވާނެއެވެ.
5- ކޯޓޭޝަންގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
6- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
7- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 29 އޭޕްރިލް 2026 ވަނަ ދުވަހުގެ 11:15 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
8- ކޯޓޭޝަން ހުށަހަޅާނީ 30 އޭޕްރިލް 2026 ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
