ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލުގެ ރެހެންދި ލޯންޗްގައި ބޭނުންކުރި 2 އައުޓްބޯޑު އިންޖީނާއި (ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރުގެ 2 އިންޖީނު) 2 ސްޓިއަރިންގ ސިސްޓަމް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެއެވެ.
ލޮޓް 1:
|
ތަކެތީގެ ތަފްސީލް |
ނީލަން ފެށޭ އަގު |
އިތުރު ކުރެވޭނެ އެންމެ ކުޑަ އަދަދު |
|
ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ 1 (F250GETX S/N:6DX-1005696) ސްޓިއަރިންގ ސިސްޓަމް 1 (އިންވެންޓްރީ ނަންބަރު: 225-15-03-59-01) |
120000.00 ރުފިޔާ |
5000.00 ރުފިޔާ |
ލޮޓް 2:
|
ތަކެތީގެ ތަފްސީލް |
ނީލަން ފެށޭ އަގު |
އިތުރު ކުރެވޭނެ އެންމެ ކުޑަ އަދަދު |
|
ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ 1 (F250GETX S/N: 6DX-1005684) ސްޓިއަރިންގ ސިސްޓަމް 1 (އިންވެންޓްރީ ނަންބަރު: 225-16-03-59-02) |
120000.00 ރުފިޔާ |
5000.00 ރުފިޔާ |
މި ނީލަމުގައި ލޮޓަކަށް އެންމެ ކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު މަދުވެގެން -/5000ރ (ފަސް ހާސް ރުފިޔާ) އެވެ.
ވީމާ، މި ދެންނެވުނު ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2026 މޭ 04 ވަނަ ދުވަހުގެ 09:00 ން ފެށިގެންނެވެ. މި ފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގައި މި އިދާރާގެ ނޯޓިސް ބޯޑާއި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މި އިދާރާގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.
މި ނީލަމުގައި ޖެހިޖެހިގެން ރަސްމީ 2 ދުވަހު، އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.
ނީލަމުގެ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އާއި 12:00 އާ ދެމެދު އިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން އެ ތަކެތި ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 1658 ނަންބަރަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
