ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ކްލާސްރޫމެއް މަރާމާތު ކުރަން

އިޢުލާން

މި ސްކޫލުގެ ކްލާސްރޫމެއް މަރާމާތު ކުރުމާގުޅޭ

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މި ސްކޫލުގެ ކްލާސްރޫމެއް މަރާމާތުކުރަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުއްވާ ފަރާތެއްގެ އައިޑީކާޑާއި އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

18 ރަބީޢުލްއައްވަލް 1437

29 ޑިސެންބަރު 2015
ހޯދާ