ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ސިވިލް ސަރވިސް ރީ-އެމްޕްލޯއިމަންޓް ގަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 (ފަސްދޮޅަސް ފަހެއް) ފުރުމުގެ ސަބަބުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ސިވިލް ސަރވިސް ރީ-އެމްޕްލޯއިމަންޓް ގަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން.

ޝަރުޠުތައް:

  1. ވަޒީފާ އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކަށް ވުން؛
  2. ވަޒީފާއިން މުސްކުޅިކުރެވިފައިވާ ފަރާތެއް ނަމަ، އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވުން؛
  3. ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ޝަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން؛
  4. ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަގާމުގެ ޝަރުޠުހަމަވާ ފަރާތަކަށްވުން؛

އެދެންވީގޮތާއި ސުންގަޑި:

  1. ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުން، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، އެ ކަމަށް އެދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަށް ލިޔުމުން ހުށަހެޅުން؛
  2. ރީ-އެމްޕްލޯއިމަންޓް ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީޚުން (21 އެޕްރީލް 2026) ފެށިގެން، 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމާ ހަމަޔަށް 6 (ހައެއް) މަސްދުވަސް ނެތް ނަމަ، އެ ފަރާތަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ކުރިން އެކަމަށް އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހެޅުން؛
  3. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި (24 ޖޫން 2026 ގެ ނިޔަލަށް) ވަޒީފާއަދާކުރި އިދާރާއަށް ހުށަހެޅުން؛
  4. ވަޒީފާ އަދާކުރި އިދާރާ އުވިފައިވާ ފަރާތްތަކާއި، ވަޒީފާ އަދާކުރި އިދާރާ ބަދަލުވެފައިވާ ފަރާތްތަކަށް ވަޒީފާ ދެއްވުން އެދި 24 ޖޫން 2026 ގެ ނިޔަލަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން؛ (ފޯމު އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. އުމުރުން 65 އަހަރު ވުމަށްފަހު ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާގައި ދެމިހުރުމަށް އެދި ހުށަހަޅާ ފޯމު، ނުވަތަ
  2. އުމުރުން 65 އަހަރު ވެގެން ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކުން ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3307313 / 3307323) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

26 އޭޕްރިލް 2026
ހޯދާ