ދިވެހިރާއްޖެ
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މި އިދާރާއިން ނައިޓް މާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓްގައި އާއްމު ވިޔަފާރި، ޚާއްސަ ވިޔަފާރި އަދި ކެންޓީނުގެ ޚިދުމަތް ދެވޭނެއެވެ. މި ނައިޓް މާކެޓް އޮންނާނީ 2026 މެއި 22 ވަނަ ދުވަހު ހަވީރު 16:00 އިން ފެށިގެން 2026 މެއި 31 ވަނަ ދުވަހުގެ ރޭގަނޑު 23:00 ގެ ނިޔަލަށެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލްފޯމް މެދުވެރިކޮށެވެ. ގޫގުލް ފޯމްގެ ލިންކު މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ނައިޓްމާކެޓް 2026ގެ އުސޫލް ގޫގުލް ފޯމްއިން ފެނިވަޑައިގަންނަވާނެއެވެ. ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ 2026 މެއި 11 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމުގައި ދަނަނަވަމެވެ.
ފޯމްގެ ލިންކް: https://forms.gle/a1fMJ3fgMovkH36c9
