މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ގަލްފް ޖޯ އެކްސްޕޯ އަދި ގަލްފް - ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

ހަޝެމައިޓް ކިންގްޑަމް އޮފް ޖޯޑަންގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ 26 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފް ޖޯ އެކްސްޕޯ އަދި ގަލްފް - ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާކަމުގެ މައުލޫމާތު،  ޖޯޑަންގެ ސަރުކާރުން ވަނީ މި މިނިސްޓްރީ އާ ހިއްސާކޮށްފައެވެ. މި އެކްސްޕޯ އަދި ފޯރަމް އަކީ ވިޔަފާރިވެރިންނާއި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށާއި، އެ ފަރާތެއްގެ އުފެއްދުންތައް އިސްތިހާރު ކުރުމަށާއި،  ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ހުޅުވާލާ ޕްލެޓްފޯމެކެވެ. މި އިވެންޓުގައި ބިސްނަސް-ޓު-ބިސްނަސް (B2B) ބައްދަލުވުންތަކާއި، އިންވެސްޓްމަންޓް ޕްރޮމޯޝަން ސެޝަންތަކާއި ޕްރޮޑަކްޓް އެގްޒިބިޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި އެކްސްޕޯގެ ރަސްމީ ވެބްސައިޓް (http://www.tc-center.com) އިން،  ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ނޮޓިފައި ކޮށްދެއްވުން އެދި ދެންނެވީމެވެ.

މި އެކްސްޕޯ އާ ގުޅުންހުރި އިންތިޒާމުތައް ހަމަޖެއްސުމާއި ޚަރަދުތައް އުފުލުމަކީ ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެއް ކަމުގައި ދެންނެނީމެވެ. މި އެގްޒިބިޝަން އާ ގުޅުންހުރި އިތުރު މައުލޫމާތު މި އެކްސްޕޯގެ ރަސްމީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

26 އޭޕްރިލް 2026
ހޯދާ