އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮޑިޓަރ - ސްޕެޝަލް އެންޑް ފޮރެންސިކް އޮޑިޓް

 

އެސިސްޓަންޓް އޮޑިޓަރ

މަޤާމު

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

މަސައްކަތް ކުރަންޖެހޭތަން  

1

ބޭނުންވާ ޢަދަދު

ސްޕެޝަލް އެންޑް ފޮރެންސިކް އޮޑިޓް

ޑިޕާޓްމަންޓް

-/9,820ރ.

އަސާސީ މުސާރަ

-/2,945ރ.

މަޤާމުގެ އެލަވަންސް

-/80ރ. (ހާޒިރުވާ ދުވަހަކަށް)

ހާޒިރީ ޢިނާޔަތް

-/250ރ.

ފޯނު އެލަވަންސް

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަސާސީ ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުތު

  1. އޮޑިޓުގެ މަޤްޞަދު ޙާޞިލުވާ ގޮތަށް، އޮޑިޓް މެނޭޖަރާއި ސީނިއަރ އޮޑިޓަރގެ އިރުޝާދާއެކު އޮޑިޓް ޕްލޭން ތައްޔާރުކުރުމުގެ ގޮތުން، އޮޑިޓްކުރެވޭ ދާއިރާއާ ގުޅުންހުރި ކަންކަން ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ރިސްކް އެސެސްމަންޓް ހެދުމާއި، އޮޑިޓް ޕްލޭން އާއި އޮޑިޓް ޕްރޮސީޖަރތައް އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  2. އޮޑިޓްގެ ފީލްޑްވަރކްގެ ތެރެއިން، އޮޑިޓް ޕްލޭންގައި ކަނޑައަޅާފައިވާ ޕްރޮސީޖަރތަކާއި އެނަލިސިސްތައް ފުރިހަމަކުރުމަށް، ލިޔެކިޔުންތައް މުރާޖަޢާކުރުމާއި، ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް މެތަޑްތައް ބޭނުންކޮށްގެން ޑޭޓާ އެނަލައިޒްކުރުމާއެކު، އޮޑިޓަށް ބޭނުންވާ އެކަށީގެންވާ ހެކި ހޯދައި، ISSAI ސްޓޭންޑަރޑްތަކާ އެއްގޮތަށް އޮޑިޓް މަސައްކަތު ކަރުދާސް ތައްޔާރުކުރުން.
  3. ފީލްޑްވަރކްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދަންޖެހޭ އޮޑިޓް ދަތުރުތައް އިންތިޒާމުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެ ދަތުރުތަކުގައި ފުރިހަމަކުރަންޖެހޭ އޮޑިޓް ޕްރޮސީޖަރތައް ފުރިހަމަކޮށް، އޮޑިޓް މަސައްކަތު ކަރުދާސް ތައްޔާރުކުރުން.
  4. ފީލްޑްވަރކްގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާގުޅޭ އޮބްޒަވޭޝަން ތައްޔާރުކޮށް ސީނިއަރ އޮޑިޓަރގެ ރިވިއުއަށް ހުށަހެޅުމާއި، އޮޑިޓްގެ މަޤްޞަދު ޙާޞިލުކުރެވޭ ފެންވަރަށް ޑްރާފްޓް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގައި ސީނިއަރ އޮޑިޓަރަށް އެހީތެރިވުން.
  5. އޮޑިޓްގެ މަސައްކަތް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ ކޮލިޓީ ކޮންޓްރޯލް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށް ގެންގޮސް، އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން އޮޑިޓް ފައިލްގެ ފެންވަރު ހިފެހެއްޓުމަށް އެކަށައަޅާފައިވާ އިޖުރާތުތައް ފުރިހަމަކުރުން.
  6. އޮޑިޓް ރިޕޯޓުތަކުގައި އިސްލާޙުކުރަން ލަފާދީފައިވާ ކަންތައްތައް ތަންފީޒުކުރުމަށް، އޮޑިޓްކުރެވޭ ފަރާތްތަކުން ފިޔަވަޅު އަޅާފައިވާ މިންވަރު ވަޒަންކުރުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކުގެ ދަށުން 'ފޮލޯއަޕް' އޮޑިޓްގެ މަސައްކަތް ކުރުން.
  7. އޮފީހުގެ/އޮޑިޓް ޑިޕާޓްމަންޓްގެ އެނުއަލް ވޯރކް ޕްލޭނާއި އަހަރީ ބަޖެޓާއި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، ޚާއްޞަ އޮޑިޓް ކުރިއަށް ގެންދަންޖެހޭ ދާއިރާތައް ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުން ހޯދުމާއި، އެ މަސައްކަތްތަކުގައި އޮޑިޓް މެނޭޖަރ ނުވަތަ ސީނިއަރ އޮޑިޓަރގެ އިރުޝާދުގެ ދަށުން ހަވާލުކުރެވޭ ލިޔެކިއުންތައް ތައްޔާރުކޮށް އެހީތެރިވުން.
  8. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ލަނޑުދަނޑިތައް، އެއްބަސްވެފައިވާ ޓައިމްލައިނަށް ނިންމައި މަސައްކަތް ހަވާލުކުރުން.
  9. އޮޑިޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮޑިޓަރުންގެ ސުލޫކީ މިންގަނޑަށް ޢަމަލުކުރުން.
  10. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ، އޮޑިޓާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ ފަންނީ ޤާބިލުކަން އިތުރުކުރަން މަސައްކަތްކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  2. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެހެނިހެން

05 މޭ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348273،3348200  ނަންބަރު  ފޯނަށެވެ.

26 އޭޕްރިލް 2026
ހޯދާ