ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމް:

ފައިނޭންސް އޮފިސަރ  

 

މަޤާމް ނަންބަރު:

TAT-126

 

ބޭނުންވާ ޢަދަދު:

01

 

މަޤާމް ގިންތި:

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން  

 

މުސާރަ، ޢިނާޔަތްތަކާއެކު:

-  އަސާސީ މުސާރަ:  -/6,000  ރުފިޔާ

-  ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400ރުފިޔާ (އަސާސީ މުސާރައިގެ %40)

-  ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

-  ސާރވިސް އެލަވެންސް:  -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

-  ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި، ފޯމެޓްތައް ތައްޔާރުކުރުން.
  2. ބަޖެޓް ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. ޕާޗޭސް އޯޑަރއާއި ގުޅޭ ބިލްތަކާއި އެހެނިހެން ބިލްތައް ލިބޭތޯ ބެލުމާއި، ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތަކަށްފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް، ފައިސާ ލިބެންޖެހޭ ފަރާތަށް އެފައިސާ ލިބޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
  4. ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
  5. ޓްރައިބިއުނަލަށް ހޯދޭ އެސެޓްތައް ގަވާއިދާއި އެއްގޮތަށް  ޕްރޮކިއުކުރުމުގައި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުމާއި ނީލަމުގައި ނައްތާލެވޭ ތަކެތި އުނިކުރުން. 
  6. ޓްރައިބިއުނަލަށް ހޯދޭ ތަކެއްޗާއި ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިވޭތޯ ކަށަވަރުކޮށް އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
  7. ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި، އެފައިސާ ދައުލަތުގެ ރެވެނިއުގެ ގޮތުގައި ރިކޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  8. މެންބަރުންގެ އިންޝިއުރެންސް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  10. ކޮންމެ މަހެއް ނިމުމުން އޮޕެން ޕާރޗޭސް އޯޑަރތައް ސެޕްސިސްޓަމުގެ ތެރެއިން ޗެކްކޮށް އެ ޕާރޗޭސް އޯޑަރތަކާއި ގުޅޭ ގުޑްސް/ސަރވިސް ރިސީވްވެފައިވާކަން އަދި ޕާކް ކުރެވިފައިވާ ބިލްތައް ޕޯށްޓް ކުރެވިފައިވާކަން ކަށަވަރުކުރުމާއި، އެމަހެއްގައި ލިބިފައިހުންނަ ބިލްތަކަށް މަހުން މަހަށް ފައިސާދެއްކޭކަން ކަށަވަރުކުރުން.
  11. ފައިސާއާގުޅޭ އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. ފައިސާއާގުޅޭ ކަންތައްތައް ކަމުގައި  ފާހަގަކުރެވޭ އެހެނިހެން ކަންކަން އެޑްމިނިސްޓްރޭޓަރގެ މަޝްވަރާއާއިއެކު ކުރުން.
  13. ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  14. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

   2. އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 04 މޭ 2026 އާއި 20 މޭ 2026 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

-  ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2026 މޭ 03 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

 

26 އޭޕްރިލް 2026
ހޯދާ