|
އޮޑިޓަރ
|
މަޤާމު
|
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
މަސައްކަތް ކުރަންޖެހޭތަން
|
|
1
|
ބޭނުންވާ ޢަދަދު
|
|
ހޯލް އޮފް ގަވަރމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް
|
ޑިޕާޓްމަންޓް
|
|
-/12,365 ރ.
|
އަސާސީ މުސާރަ
|
|
-/5,770 ރ.
|
މަޤާމުގެ އެލަވަންސް
|
|
-/155 ރ. (ހާޒިރުވާ ދުވަހަކަށް)
|
ހާޒިރީ ޢިނާޔަތް
|
|
-/250 ރ.
|
ފޯނު އެލަވަންސް
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
އަސާސީ ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- އިންފޮމޭޝަން ސިސްޓަމްސް އޮޑިޓުގައި ބަލާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖެނެރަލް ކޮންޓްރޯލްސް (އައި.ޓީ.ޖީ.ސީ) އާއި އެޕްލިކޭޝަން ކޮންޓްރޯލްސް (އެސް.އޭ.ޕީ އަދި އެހެނިހެން އީ.އާރް.ޕީ ސިސްޓަމް ފަދަ)، ސައިބަރ ސެކިއުރިޓީ އާއި، ބިޒްނަސް ޓްރާންސްފޯމޭޝަން/ ސިސްޓަމް އިންޓެގްރޭޝަންތަކާއި އީ-ކޮމާސް ވޯކްފްލޯތަކާއި އައި.ޓީ އެޕްލިކޭޝަންތަކުގެ ބިޒްނަސް ކޮންޓްރޯލްތަކުގެ ރިސްކް އެސެސްމެންޓްތަކާއި އޮޑިޓް ޓެސްޓް ޕްރޮސީޖާސްތައް ހެދުމުގައި އޮޓިމް ޓީމަށް އެހީތެރިވުން.
- އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ކުރުމަށް އޮޑިޓް ޕްލޭން ތައްޔާރު ކުރުމުގައި ކުރަންޖެހޭ އެންމެހާ ދިރާސާތައް ކުރުމާއި، އެ ޕްލޭން އާ އެއްގޮތަށް އޮޑިޓް މަސައްކަތް ކުރިއަށްގެންދިއުން.
- އޮޑިޓްކުރެވޭ މުއައްސަސާތަކުގެ އިންފޮމޭޝަން ސެކިއުރިޓީ ޕްރޮގްރާމްތަކުގައި އެކުލެވޭ ޕޮލިސީތަކާއި ޕްރޮސީޖަރތައް ހުރީ އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސްތަކާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ތޯ އިވޭލުއޭޓްކުރުން.
- އޮޑިޓްކުރެވޭ މުއައްސަސާތަކުގައި ގެންގުޅޭ ސައިބަރ ސެކިއުރިޓީ އެގްޒާމިނޭޝަން ޓޫލްތައް މެދުވެރިކޮށް އެތަންތަނުގައި ގެންގުޅޭ މައުލޫމާތުތަކާއި ނިޒާމުތައް ހުރީ ޤަބޫލުކުރެވޭ ވަރަށް ރައްކާތެރިކޮށް ތޯ ބެލުން.
- އައި.ޓީ ސޮލިއުޝަންތަކާއި، ސިސްޓަމް ކޮންފިގަރޭޝަންތަކާއި، ޔޫސަރ އެކްސެސް ކޮންޓްރޯލްތަކުގެ އިތުރުން ސިސްޓަމް ސެޓިންގްސްތައް ހުރީ މުއައްސަސާގެ ސިޔާސަތުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ އޮޑިޓްގެ މަރުހަލާގައި ކަށަވަރުކުރުން.
- ބިޒްނަސް ކޮންޓިނުއިޓީ އަދި އިންސިޑެންޓް ރެސްޕޮންސް ޕްލޭންތައް ހުރީ މުއައްސަސާގައި ގެންގުޅޭ ޕޮލިސީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށްތޯ އޮޑިޓުކުރުމުގައި ކަށަވަރުކުރުން.
- އޮޑިޓްގެ މަރުހަލާތަކުގައި ގެންގުޅޭ މަސައްކަތު ކަރުދާސްތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގައި، މައުލޫމާތުގެ ޞައްޙަ ކަމާށާއި ފަންނީ ފެންވަރަށް ސަމާލުކަންދީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ރިޢާޔަތްކޮށް މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ ގޮތުންނާއި، އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތަކުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.
- އޮޑިޓް ޕްލޭން އެކުލަވާލުމާއި، ޓީމުގައި ހިމެނޭ ޖޫނިއަރ ސްޓާފުންނާ މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އޮޑިޓް ކުރުމުގެ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރެވެމުންދޭތޯ ބެލުމާއި، އޮޑިޓް ޕްލޭން ފާސްކުރުމަށް އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
- އިންފޮމޭޝަން ސިސްޓަމް އޮޑިޓް ފައިންޑިންގ ތަކާއި ރިކޮމެންޑޭޝަންތައް ހިމެނޭގޮތަށް އޮޑިޓް ރިޕޯޓު ޑްރާފްޓް ކުރުމަށްފަހު އޮޑިޓް ޓީމް ލީޑަރ އަދި އޮޑިޓް މެނޭޖަރ އަށް ހުށަހެޅުން.
- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލައިލަހައްޓައި އިރުޝާދު ދިނުމާއި، އޮޑިޓް ޕްރޮސީޖާސް އެކުލަވައިލުމުގައި ޓީމުގެ މެންބަރުންނަށް އެހީތެރިވެދިނުން.
- އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭ ލިޔެކިޔުންތައް، އެ ކަމަކަށް ބާރުލިއްބައިދޭނެ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލުން އަދި އޮޑިޓްގެ މަސައްކަތު ކަރުދާސްތައް “TeamMate”ގައި ޑޮކިއުމެންޓް ކުރުން.
- ޑޭޓާ އެނަލިޓިކްސް ގެ މަސައްކަތް ކުރުމާއި، ޑޭޓާ އެނަލިޓިކްސް ސޮފްޓްވެއަރގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުން.
- އޮޑިޓަރުންގެ ފަންނީ ގާބިލިއްޔަތާއި ހުނަރު އިތުރުކުރުމަށްޓަކައި ހިންގޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މެނޭޖްމަންޓުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި އެހީތެރިވެދިނުން.
- މީގެ އިތުރުން ވެސް ސުޕަވައިޒަރުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު އަދާކުރުން.
|
މައިގަނޑު މަސްއޫލިއްޔަތުތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެހެނިހެން
|
|
05 މޭ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273،3348200 ނަންބަރު ފޯނަށެވެ.
|