ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
27 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް - މެލޭޝިއާ

މިއަހަރުގެ މެއި 4 ން 9 އަށް މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ 27 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް ގައި ބައިވެރި ކުރުމަށް އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ބައިވެރިއެއްގެ ނަން ފޮނުވުމަށް މިއެސޯސިއޭޝަނަނަށް ފެރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ސެޝަނަށް ބައިވެރިން ހޮވުމުގައި  މީގެ ކުރިން މިފަދަ ސެޝަނެއްގައި ބައިވެރިވެފައިނުވާ އަދި ކުޅިވަރުގެ ދާއިރާގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރަމުންދާ އެތުލީޓުންނަށް ނުވަތަ އެޑްމިނިސްޓްރޭޓަރުންނަށް އިސްކަން ދެވިގެންދާނެއެވެ.

ވީމާ މިސެޝަންގައި ބައިވެރިވާން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން 27 އޭޕްރިލް 2026  ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އެފަރާތެއްގެ ބަޔޯޑޭޓާ އާއި ވަނަވަރު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައެޅުން އެދެމެވެ. ) އީމެއިލް ކުރައްވާނީ [email protected]  )

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 އޭޕްރިލް 2026
ހޯދާ