ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މަޤާމުގެ ތަފްޞީލް:
މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ
ވަޒީފާގެ މުއްދަތު: 5 އަހަރު
މުސާރަ އާއި ޢިނާޔަތްތައް: ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެފަރާތުން އެއްބަސްވާ ގޮތަކަށް
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ފެންވަރު ނުވަތަ ޝަރުޠު:
-
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛
ނުވަތަ
-
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މި މަޤާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވަރނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު.) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ސުންގަޑި އަދި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:
-
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 7 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
-
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޫގުލް ފޯމު (https://forms.gle/5G5wJyEZZhyCgxv39) މެދުވެރިކޮށެވެ.
-
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
-
ވަޒީފާއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ)
-
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް (ވަޒީފާއަދާކުރި މުއްދަތާއި މަޤާމު އެނގޭ ގޮތަށް)
-
ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް (މި ފޯމް އިޢުލާނާއެކު ހިމަނާފައިވާނެ، އަދި މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ)
-
ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ)
އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު
-
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
-
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށާއި ދަރަނީގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، މި އޮފީހުން އެންގުމުން ހުށަހަޅަންވާނެއެވެ.
-
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 މޭ 2026 އާއި 4 ޖޫން 2026 އާ ދެމެދުއެވެ.
