މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އޭއައި ސޮލިއުޝަން ޓީއޯއާރުއާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

          މިނިސްޓްރީގައި  "On-premise hosting" ހިމެނޭ ޚިދުމަތް 02 އަހަރު ދުވަހުގެ މުއްދަތަށް ޓެކްނިކަލް ސަޕޯޓާއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.    

      ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 05 މެއި 2026 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.       

    މި މަސައްކަތަށް ފުރަތަމަ ކުރެވުނު ނަންބަރު (IUL)10-F/10/2026/37 އިޢުލާންގެ ސުރުޚީގައި، ލިޔުމުގައި ކުށްއިބާރާތެއް ބޭނުންކުރެވިފައިވާތީ އެއިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

23 އޭޕްރިލް 2026
ހޯދާ