ދިވެހިރާއްޖެ
އިޢުލާން
" ބަނދަރު ގަސްބުރުތަކާއި ފާރުއަދި އަތުރާފައިވާ ގައު ތަކުގައި ވޯލްސީލް/ކުލަ/ފުލޯޕެއިންޓް ލުމުގެ މަސައްކަތް"
ބަނދަރު ގަސްބުރުތަކާއި ފާރުއަދި އަތުރާފައިވާ ގައު ތަކުގައި ވޯލްސީލް/ކުލަ/ފުލޯޕެއިންޓް ލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމަތާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު |
1- މި މަސައްކަތަކީ މުލީ ބަނދަރުގައި ތަރަށްގީ ކޮށްފައިވާ ގަސްބުރުތަކާއި ފާރުތައް އަދި އަތުރާފައިވާ ގައުތަކުގައި ކުލަ/ ފުލޯޕެއިންޓް/ ވޯލްސީލް ލުމުގެ މަސައްކަތެވެ. 2- ގަސްބުރު ތަކާއި، ފާރު އަދި އަތުރާފައިވާ ގައު ތަކުގައި ކުލަ އަދި ފުލޯޕެއިންޓް ލާނީ ވޯލް ސީލަރު ލުމަށް ފަހުގައެވެ. 3- މި މަސައްކަތަށް ބޭނުންވާ ކުލަ، ފުލޯޕެއިންޓް، ވޯލްސީލަރ ފޯރުކޮށް ދޭނީ ކައުންސިލުންނެވެ. 4- ފުލޯ ޕެއިންޓް ލުމަށްފަހު ގައުތަށް ދޭތެރެއަށް ވެލިއަޅަން ވަނެއެވެ. ވެލި ނަގާނީ މިހާރު ބަނދަރުގައި ޖަހަފައިވާ ވެލިފޫނި ތަކުންނެވެ. 5- މި މަސައްކަތް ކުރުމަށް ސައިޓު ސާފު ކުރުމާއި މަސައްކަތް ނިއްމުމަށްފަހު ސައިޓް ސާފުކުރުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. މުއްދަތު: 10 ( ދިހަ ) ދުވަސް |
|
ކޯޓޭޝަން ހުށަހެޅުން |
ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ. |
ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގެނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން
އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.
