ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް

ސީނިއަރ ސްކޫލް ހެލްތު އޮފިސަރ   

މަޤާމުގެ ބާވަތް

ދާއިމީ  

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

ޢިމާދުއްދީން ސްކޫލް

ރަށް

ކ. މާލެ

މަޤާމުގެ މުސާރަ

-/6295

ސަރވިސް އެލަވަންސް

-/2500

މަޤާމުގެ ރޭންކް

އެމް.އެސް. 2

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4   ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

1. ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނަށް ޞިއްޙީ ޕްރޮގްރާމް ރާވައި ހިންގުން.

2. ސްކޫލުގެ ބޯފެނާއި ޢާންމު ސާފުތާހިރުކަން ބަލަހައްޓައި، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

3. ސްކޫލްތެރޭގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން.

4. މަދިރިން ރައްކާތެރިވުމުގެގޮތުން މަދިރިބޭސް ޖެހުން.

5. ސްކޫލުގެ ހެލްތާ ގުޅޭ އިޖުތިމާޢީ ހަރަކާތް ހިންގުން.

6. ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންނަށް އަމާޒުކޮށް ފަސްޓްއެއިޑް ޓްރެއިނިންގތަކެއް ހިނގުން.

7. ލިޓްލްމެއިޑް، ގައިޑް، ކަބްސްކައުޓް، ސްކައުޓް ކުދިންގެ ފަސްޓް އެއިޑް ސެޝަންތައް ނަގައިދިނުން.

8. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލް އަދާކުރުން.

9. ސްކޫލްގައި ދަރިވަރަކަށް ބޮޑު ޞިއްޙީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކުރެވޭނޭ އިންތިޒާމް އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުން.

10. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ޤަވައިދުން ދިނުމަށްފަހު، ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ކޮންމެ އަހަރެއް ނިމުމުން، ސްކޫލުގައި ހިންގުނު ހެލްތު ޕްރޮގްރާމާބެހޭ މަޢުލުމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 11 ޖަނަވަރީ 2016 އާއި 14 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައިއޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 10 ވާ  އާދީއްތަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ  3315759 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 17 ރަބީޢުލްއައްޥަލް 1437

28 ޑިސެންބަރު 2015
ހޯދާ