އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ޒީނަތްތެރިކުރުމަށް ބެހެއްޓިފައިވާ ގަސްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

 

އޮފީސް ޒީނަތްތެރިކުރުމަށް ބެހެއްޓިފައިވާ ގަސްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

 

މި އޮފީހުގައި ބެހެއްޓިފައިވާ ގަސްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިމިވާ ތާވަލާއެއްގޮތަށް ބަންޑާރަނައިބުގެ އޮފީސް / ވެލާނާގެ 06 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ދުވަސް

ގަޑީ

މަޢުލޫމާތު ސާފުކުރުން

27 އެޕްރީލު 2026

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

04 މޭ 2026

ހޯމަ

11:00

ތަން: ބަންޑާރަނައިބުގެ އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ، އަމީރުއަޙްމަދު މަގު، މާލެ.

          

މަސައްކަތާގުޅޭ އިތުރު މަޢުލޫމާތުހިމެނޭ ކަރުދާހާއި ޕޮއިންޓްދޭނެ އުސޫލު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv އިންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އޮފީހުގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 އޭޕްރިލް 2026
ހޯދާ