ދިވެހިރާއްޖެ
އިޢުލާން
ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރާނެ މީހަކު މި އިދާރާއަށް ބޭނުންވެއްޖެއެވެ.
| އެސިސްޓެންޓް ފައިނޭންސް އޮފިސަރ | މަޤާމް: | 
| ޖީ. އެސް. 4 | މަޤާމުގެ ރޭންކް: | 
| ޓެކްނިކަލް އޮފިސަރ ގްރޭޑް 4 | މަޤާމުގެ ކްލެސިފިކޭޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | އޮފީސް / އިދާރާ: | 
| ކޯޕަރޭޓިވް އެފެއާޒް | ސެކްޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | ވަޒީފާ އަދާކުރަންޖެހޭ ތަން: | 
| -/5،020 ރުފިޔާ | މުސާރަ: | 
| -/1،500 ރުފިޔާ | ސަރވިސް އެލަވަންސް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| 1. މަޤާމާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | މަޤާމުގެ ޝަރުޠުތައް: 
 | 
| 1. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން. 2. މުވައްޒަފުންގެ މުސާރައާއި، ހަވާލުކުރާ އެހެނިހެން ފައިސާގެ ހިސާބުތައް ޤަވާއިދުން ބަލަހައްޓައި، ރިޕޯޓް ތައްޔާރުކުރުން. 3. އޮފީހަށް އެކިގޮތްގޮތުން ލިބޭ ފައިސާއާއި، އެކިފަރާތްތަކުން ދައްކާ ފައިސާ ބަލައިގަނެ، ޤަވާއިދުން ހިސާބު ބެލެހެއްޓުން. 4. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން. 5. ޖަމާކުރުމަށްޓަކައި ބޭންކަށާއި، އަތޮޅު އޮފީހަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން. 6. ޒަކާތް ބަލައިގަތުމާއި، ޒަކާތުން ހަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުމާއި، ޒަކާތާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 7. ނީލަމަށް ފޮނުވަންޖެހޭ ތަކެތި ހުއްދަހޯދައިގެން ނިލަން ކިޔުމުގެ ކަންތައްތައް ހިންގައި، ޤަވާއިދުން ބެލެހެއްޓުން. 8. ފައިސާގެ ކަންކަމުގައި ބޭންކަށް ކުރަންޖެހޭ ދަތުރުތައް ކުރުން. 11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން. | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
 
 
 
 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. | ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. | އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | 
| 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. | މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: | 
| ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. | އުޖޫރައާއި ޢިނާޔަތްތައް: | 
| 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ފޮޓޯ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ސިވިލް ސަރވިސް ކޮމިޝަންގެ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600006 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6600006 އެވެ. އީމެއިލް ކުރާނަމަ ކުރާނީ، [email protected] އަށެވެ. | އިތުރު މަޢުލޫމާތު: | 
18 ރަބީޢުލްއައްޥަލް 1437
 
                    