ދިވެހިރާއްޖެ
“SAS Medical College, Maldives” ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން ކޮށްފައިވާ އިޝްތިހާރާ ގުޅޭ
“SAS Medical College, Maldives” ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާ ކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. “SAS Medical College, Maldives” އަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫނެވެ.
ޤާނޫނު ނަންބަރު: 2021/7 ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ކުށެކެވެ.
އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް މި ދެންނެވި “SAS Medical College, Maldives”ގެ ފަރާތުން އިޝްތިހާރުކުރަމުންދާތީ، މިކަން ދަރިވަރުންނާއި އާންމުންގެ ސަމާލުކަމަށް ގެނެސް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
22 އެޕްރީލް 2026
