މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބާއްވާ ޢީދު ސްޓޭޖް ޝޯތަކާއި ބައިބަލާގެ ލައިޓިންގ އަދި ސައުންޑް ހަދައިދޭނެ ފަރާތެއް ހޯދުން

 

ކުރަންޖެހޭ މަސައްކަތް

1447 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ސްޓޭޖް ޝޯތަކާއި ބައިބަލާގެ ލައިޓިންގ އަދި ސައުންޑް ހަދައިދިނުން (ސައުންޑް އަދި ލައިޓިންގ) – (މަސައްކަތުގެ މަޢުލޫމާތު ޝީޓު އިޢުލާނާއި އެކު ހިއްސާ ކުރެވިފައެވެ.)

 

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް

(ހ) ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2024) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދަންކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

އިތުރު މަޢުލޫމާތު

ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 26 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެސް ([email protected])  އަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 26 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާ ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

(ށ) ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

(ނ) ބީލަން ހުށައަޅާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ

(ރ) ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރު ޕްރޮފައިލް (ކުންފުންޏެއްނަމަ ޕްރޮފައިލްގައި ބޯޑް އޮފް ޑިރެކްޓަރސްގެ މަޢުލޫމާތު ހިމެނުން)

(ބ) ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާނަމަ އެކަން ބަޔާންކުރާ ރަސްމީ ލިޔުން އަދި އައި.ޑީ.ކާޑް ކޮޕީ (ކުންފުންޏެއްނަމަ ބިޑް ހުށަހަޅަން އަންނަ ފަރާތަކީ ކުންފުނީގެ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން)

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ނ.ވެލިދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ފަރާތުގެ / ވިޔަފާރީގެ ނަން

އިޢުލާން ނަންބަރު:

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

 

ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު

ހުށަހަޅުއްވާ ބީލަންތަކުގައި މަދުވެގެން ތިރީގައިއެވާ މަޢުލޫމާތު ހިމެނުއްވަން ވާނެއެވެ. އަދި މިލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

(ހ) ޕްރޮޕޯސަލް (ހުށަހަޅާ ފަރާތުގެ ތަޢާރަފް / ކޮމްޕެނީ ޕްރޮފައިލް، އަގު ހުށަހަޅާގޮތް، ޢާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތައް، ތަޖުރިބާ ތަފްޞީލް)

(ށ) މަސައްކަތުގެ އަގު

- މަސައްކަތް ކޮށްދެވޭނެ އަގު

- ޖީ.އެސް.ޓީ

(ނ) މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާ ތަކެތި އަދި ޚިދުމަތްތައް ފޯރުކޮށްދެވޭނެ އަދަދު އަދި ފެންވަރު (މިސާލު ސްޓޭޖް ވޯމް ލައިޓް – 8)

(ރ) މަޢުލޫމާތު ޝީޓުގައިވާ މަސައްކަތުގެ އިތުރުން ފޯރުކޮށްދެވޭނެ ޙިދުމަތްތައް

(ބ) ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

(ޅ) ބިޑް ވެލިޑިޓީ (މަދުވެގެން 30 ދުވަސް)

(ކ) ގުޅޭނެ މަޢުލޫމާތު (ބީލަމާއި ގުޅިގެން ފޮނުވަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނެ އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)

 

ބީލަން ހުށަހެޅުން އަދި ހުޅުވުން

(ހ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާއަށް ހާޒިރުވެއެވެ.

(ށ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ނ.ވެލިދޫ ކައުންސިލްގެ އިދާރާގައި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.

(ނ) އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ފާއިތުވުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

(ރ) މަޢުލޫމާތު ފުރިހަމަނޫން އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

(ބ) އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ބީލަން ލިބިފައިވާކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

މާކްސް ދެވޭނެގޮތުގެ ތަފްސީލް

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށްފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ސިތީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އަގު

 

 

 

60%

 

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

(Benchmark Price / Submitted Price) x Allocated Percentage

 

 

ތަޖުރިބާ

 

 

 

%20

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަކަށެވެ.

 

(Submitted Years of Experience / Benchmark Years) x Allocated Percentage

 

އިތުރު މަސައްކަތް

 

 

 

%20

  • މި މަސައްކަތުގެ އިތުރުން ކޮށްދެވޭނެ އިތުރު ކަންތައްތައް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި މަސައްކަތުގެ އިތުރުން ކޮށްދެވޭނެ ކަންތައްތަކުގެ ތެރެއިން ޢީދު އިތުރަށް ފުރިހަމަވެގެންދާނެ  ކަމެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

 

 

Additional Services x Allocated Percentage

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

22 އޭޕްރިލް 2026
ހޯދާ