ތިލަދުންމަތީ އުތުރުބުރީ މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓެކްނީޝަން

މިސްކޫލަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ. 

މަގާމް

 

ބޭނުންވާ ޢަދަދު

މަޤާމް ނަމްބަރ

އައި.ސީ.ޓީ ޓެކްނީޝަން

1

J-450785

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކު 6 (ސްޓެޕް 1)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާރަންދޫ ސްކޫލް / ހއ.މާރަންދޫ

މުސާރަ،ޖޮބް އެލަވަންސް،އެޓަންޑެންސް އެލަވަންސް

އަސާސީ މުސާރަ

މަޤާމްގެ އެލަވަންސް

ހާޒިރީ އެލަވަންސް ( ހާޟިރުވާ ކޮންމެ ދުވަހަކަށް)

-/9505 ރުފިޔާ

-/3850 ރުފިޔާ

-/105 ރުފިޔާ

 

1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެހެނިހެން އެލަވަންސް:

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ އައިޓީއާ ގުޅޭ އެންމެހާކަންކަން ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރއަށް ޑައުންޓައިމްއެއް އަޔަނުދީ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  2. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ ސަރވަރތައް ކޮންފިގަރކޮށް، ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމާއި އެތަކެތީގެ މެއިންޓެނަންސް މަސައްކަތް ކުރުން.
  3. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގައި އޯޑިއޯ އަދި ވީޑިއޯ ސިސްޓަމް ޤާއިމުކޮށް، މީޓިން/ޝަރީޢަތްތައް/ތަމްރީން ސެޝަންފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  4. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމަށްޓަކައި އަލަށް ތައްޔާރުކުރާ ސޮފްޓްވެއަރތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ރާވައި ހިންގުމާއި މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރުން. އަދި ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް އަންގައިދީ އިތުރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  5. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގައި ބޭނުންކުރާ ޕްރިންޓަރ، އެޓެންޑެންސް ފިންގަރޕްރިންޓް މެޝިންފަދަ ހާޑްވެއަރ ތަކެތި އިންސްޓޯލްކުރުމާއި ސޮފްޓްވެއަރ އިންސްޓޯލްކުރުން.
  6. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ އެންމެހާ މައްސަލަ ޙައްލުކުރުން.
  7. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ދިމާވާ މައްސަލަތައް ސަރވިސް ޕްރޮވައިޑަރ މެދުވެރިކޮށް ޙައްލުކުރުން.
  8. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ ޑިޖިޓަލް ޑާޓާ/ އޯޑިއޯ ވީޑިއޯ ރެކޯޑިންގތައް ބެކަޕްކޮށް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އަރުޝީފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަމަޖައްސައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  10. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކުގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ އަޕްޑޭޓްކޮށް ބެހެލެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ދާއިރާ/ކްލަސްޓަރ ނުވަތަ މައި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސް ނުވަތަ އިދާރާތަކަށް ބޭނުންވާ ކޮމްޕިއުޓަރ އިކުއިޕްމަންޓްތަކުގެ ރިކުއެސްޓް ލިސްޓު ތައްޔާރުކޮށް، ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

1.މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ /އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2.މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނުދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  2. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  3. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  4. ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  5. ކޮމްޕިއުޓަރ ސައިންސް  
  6. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  7. ކޮމްޕިއުޓިންގ  
  8. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  9. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  10. އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް  
  11. އިންފޮމޭޝަން ޓެކްނޮލޮޖީ  
  12. ނެޓްވަރކިންގ  
  13. ޕްރޮގްރާމިންގ  
  14. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  15. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  16. ވެބް ޑިވެލޮޕްމަންޓް 

ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް 

 

 ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  6. އިންޓަރވިއު (% 35)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން،މާރަންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،03 މެއި 2026 އާއި 14 މެއި  2026 އާ ދެމެދު  މާރަންދޫ ސްކޫލްގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500535އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

22 އޭޕްރިލް 2026
ހޯދާ