ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު : (IUL)374-C/374/2025/62(10 ޑިސެންބަރު 2025 ) ގެ އިޢުލާނާއި ގުޅިގެން ހުށހަޅާފައިހުރި އަންދާސީ ހިސާބުތަކުގެ އަގުތަށް މި އިދާރާއިން އަންދާޒާކުރި އަގަށްވުރެ ބޮޑުވެފައިވާތީ ހަވާލާދީފައިވާ އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބްސައިޓާއި، ފޭސްބުކްޕޭޖުގެ އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 އޭޕްރިލް 21 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ވެބްސައިޓުން :www.faafnilandhoo.gov.mv  ޑައުންލޯޑު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުންއެޅުމުގެ  މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 އޭޕްރިލް 2026

 

ނޯޓް: މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީގެ ކޮންޑިޝަނަލް ގްރާންޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

21 އޭޕްރިލް 2026
ހޯދާ