ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު - 1447 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމާ ގުޅޭ

ނަންބަރު:258/258/2026/21(IUL)                             

އިޢުލާން

      

ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު - 1447 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމާ ގުޅޭ                            

1447 ވަނަ އަހަރުގެ އަޟުޙާ ޢީދު މި ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހިންގާނެ އެކި އެކި ހަރަކާތްތަކާއި ކުޅިވަރުތައް އެކަށައެޅުމުގެ މަސައްކަތް މި ކައުންސިލުން ދަނީ ކުރަމުންނެވެ.

މިގޮތުން، މިއަހަރުގެ ބޮޑުޢީދު ފާހަގަކުރުމުގެ ގޮތުން ހިންގޭނެ ޕްރޮގްރާމްތަކާއި، ކުޅިވަރު ހަރަކާތްތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެއް 2026 އޭޕްރިލް 24 ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އެރުވުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

3 ޛުލްޤައިދަ 1447

21 އޭޕްރީލް 2026

21 އޭޕްރިލް 2026
ހޯދާ