މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގެ ހަވާސާގައި ބާއްވާ (ޑާލީ) އިންޓަނޭޝަނަލް ފޮޓޯގްރަފީ އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

 

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި، މި އަހަރުގެ ޖޫން މަހުގެ 11-16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގެ ސައިޑް އިވެންޓެއް ކަމުގައިވާ، ޑާލީ އިންޓަނޭޝަނަލް ފޮޓޯގްރަފީ އެގްޒިބިޝަންގައި، ދިވެހި ފޮޓޯގްރަފަރުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު، ހުޅުވިފައިވާކަމުގެ މައުލޫމާތު، ޗައިނާ ސަރުކާރުން މި މިނިސްޓްރީ އާ ހިއްސާކޮށްފައިވެއެވެ. އަދި މި އެކްސްޕޮޒިޝަންގައި ދިވެހިރާއްޖެ އިން ބައިވެރިވުމަށް ދައުވަތު ދެއްވާފައިވެއެވެ. މި އެގްޒިބިޝަންގައި ބައިވެރިކުރާ ފޮޓޯތަކުގެ ތީމަޓިކް ފޯކަސްއަކީ ސަގާފަތާއި، އާދަކާދަ އާއި، ފުލޯކު ވާހަކަތަކާއި، ސައުތު އޭޝިއާގެ ގައުމުތަކުގެ ރީތި މަންޒަރުތަކެވެ.  

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މި އެކްސްޕޯގެ ރަސްމީ ވެބްސައިޓް (www.dipephoto.com) އިން،  ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ހުށައަޅަން އެދޭ ފޮޓޯ / ފޮޓޯތަކުގެ ޖޭޕީޖީ ފޯމެޓުގެ ފައިލެއް، މި މައުރަޒު އިންތިޒާމުކުރާ ފަރާތުގެ އީމެއިލް އެޑްރެސް ([email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ. އަދި އިސްވެދެންނެވުނު އީމެއިލް ފޮނުއްވާއިރު މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] ސީ.ސީ ކޮށްދެއްވުން އެދި ދެންނެވީމެެވެ. 

މި އެކްސްޕޯ އާ ގުޅުންހުރި އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި ޚަރަދުތައް އުފުލުމަކީ ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެއް ކަމުގައި ދެންނެނީމެވެ. މި އެގްޒިބިޝަން އާ ގުޅުންހުރި މައުލޫމާތު ކަރުދާހެއް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

21 އޭޕްރިލް 2026
ހޯދާ