ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑާ ގުޅޭ!

ކޮންމެ އަހަރެއްގެ 31 މޭ އަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެވެއެވެ. މި އަހަރު ގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ގެ ނަމުގައި ޢިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  މި ޢިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ޢާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި އަހަރު މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ: “Unmasking the Appeal – Countering Nicotine and Tobacco Addiction” އެވެ. ދިވެހި ބަހުން މި ޝިޢާރު ބޭނުން ކުރާނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މި ގޮތަށެވެ.

ވީމާ، މި އެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު، މި އެޖެންސީގެ އީމެއިލް [email protected] އަށް 2026 މޭ 2 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން  ހުށަހެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ. އެވޯޑަށް ހުށަހެޅުމުގެ ޝަރުޠު ހިމެނޭ ކަރުދާސްވެސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

20 އޭޕްރިލް 2026
ހޯދާ