ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

8

ސްޕައިން:

37

އަސާސީ މުސާރަ:

މަހަކު 11,374.40 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 4,874.74 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން: ސްޓޮކާއި އިންވެންޓްރީއާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ސުޕަވައިޒްކޮށް، ތަކެތި ހޯދުމާއި ދޫކުރުމުގެ ކަންކަން ނިޒާމީގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުން.
  2. ރިސެޕްޝަން އަދި ކަސްޓަމާ ސަރވިސް ވިލަރެސްކުރުން: ޔުނިވަރސިޓީގެ މަޒުކަޒީ އިދާރާގެ ޔުނިވަރސިޓީގެ ރިސެޕްޝަންގެ މަސައްކަތްތައް ކޯޑިނޭޓްކުރުމާއި، މަރުކަޒީ އިދާރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ހަރުދަނާކުރުން.
  3. ލިޔެކިޔުންތަކާއި ޑިސްޕެޗް ބެލެހެއްޓުން: މަޒުކަޒީ އިދާރައަށް ލިބޭ ސިޓީ އާއި ލިޔެކިޔުންތަކުގެ އެންޓްރީ ކުރުމުގެ މަސައްކަތްތައް ސްޕަވައިޒުކޮށް ފިޔަވަޅު އަޅަންޖެހޭ ކަންކަން ނިންމުމާއި، ޑިސްޕެޗްގެ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  4. މަރުކަޒީ އިދާރާގެ ގޯތިތެރެ ޒީނަތްތެރިކޮށް ގަސްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ސްޕަވައިޒުކޮށް  ޔުނިވަރސިޓީގެ މިންގަނޑުތަކާ އެއްގޮތަށް މަރުކަޒީ އިދާރާގެ އެންމެހައި ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ ތާވަލުތައް އެކުލަވައިލައި، އެ މަސައްކަތްތައް ހިނގާގޮތް ސުޕަވައިޒްކޮށް މޮނިޓަރކުރުން.
  5. ހަލާކުވާ އަދި ގެއްލޭ ތަކެތީގެ ރެކޯޑު ބެލެހެއްޓުމާއި ބޭނުންނުކުރެވޭ ހާލަތަށްދާ ތަކެތި ގަވާއިދާ އެއްގޮތަށް ނީލަންކިޔުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި ޔުނިވަރސިޓީ ލެވެލްގައި މިކަން ވިލަރެސްކުރުން.
  6. މަޒުކަޒީ އިދާރާގެ ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، ގިނަގިނައިން ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތެއްގެ މަތިން މަރުކަޒީ އިދާރާގެ ސްޓޮކު ބެލެހެއްޓޭކަން ކަށަވަރުކުރުން.
  7. މަރުކަޒީ އިދާރާގެ ތަކެތީގެ އިންވެންޓްރީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ރެކޯޑުކޮށް ބެލެހެއްޓުމާއި، ޔުނިވަރސިޓީ ލެވެލްގައި މިކަން ޔުނިވަރސިޓީގެ އެހެނިހެން ފެކަލްޓީ، ސެންޓަރު އަދި ކެމްޕަސްތަކުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  8. މަޒުކަޒީ އިދާރާގެ ސެކިއުރިޓީ ކަންކަން ހަމަޖައްސައި، ސީ.ސީ.ޓީ.ވީ ފަދަ ނިޒާމްތަކުން މުޅި ތަން ރަނގަޅަށް ބެލެހެއްޓޭކަން ކަށަވަރުކުރުމާއި ޔުނިވަރސިޓީ ލެވެލްގައި މިކަން ފެކަލްޓީ، ސެންޓަރު އަދި ކެމްޕަސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  9. ޔުނިވަރސިޓީގެ އުޅަނދުތަކުގެ ދަތުރު ޝެޑިއުލް ބަލަހައްޓައި، ތެޔޮ އެޅުމާއި މަރާމާތާއި ސާވިސްގެ ރެކޯޑްތައް ގަވާއިދުން އަދާހަމަކުރެވޭކަން ކަށަވަރުކުރުން.
  10. މަރުކަޒީ އިދާރާގެ ރަސްމީ ބައްދަލުވުންތަކަށް ސަޔާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީ އެކަންކަން ވިލަރެސްކުރުން.
  11. ތަކެތި ބަލައިގަތުމާއި ބެހުމުގެ ނިޒާމު: އިދާރާއަށް ލިބޭ ތަކެތި ބަލައިގަނެ، އެ ތަކެތީގެ ރެކޯޑްތައް ފުރިހަމަކޮށް، ލަސްވެގެން 24 ގަޑިއިރު ތެރޭގައި ކަމާބެހޭ ސެކްޝަންތަކާ ޙަވާލުކުރުން.
  12. އިވެންޓްތަކާއި ޖަލްސާތަކަށް އެހީތެރިވުން: ގްރެޖުއޭޝަން ފަދަ ޚާއްޞަ މުނާސަބަތުތަކާއި ޖަލްސާތަކަށް ބޭނުންވާ އިދާރީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރުން.
  13. މަސައްކަތްތައް މޮނިޓރކުރުމާއި ތަރައްޤީކުރުން: ސެކްޝަނުގެ މަސައްކަތްތައް ރާވައި ވިލަރެސްކުރުމާއި މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި ހިނގާ ނުހިނގާގޮތް ދެނެގަނެ، މަސައްކަތުގެ ދުވެލި ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އެޅުން.
  14. އިދާރީ އެއްބާރުލުން ދިނުން: އޮފީހުގެ މުހިއްމު މަސައްކަތްތަކުގައި އެހީތެރިވުމާއި، ސަލާމުގައި ނުވަތަ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުން.
  15. މުވައްޒަފުންނަށް ސިއްހީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތްތަކުގަޔާއި އެފަދަ އެހެނިހެން ހާލަތްތަކުގައި އިދާރީ އަދި ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދިނުމާއި ހާދިސާތަކުގެ ރިޕޯރޓްކުރުމާއި ވިލަރެސްކުރުން.
  16. ޔުނިވަރސިޓީގެ މުހިއްމު މަސައްކަތްތަކުގައި އެހީތެރިވުމާއި، ސަލާމުގައި ނުވަތަ ޗުއްޓީގައި މުވައްޒަފުން ތިބޭ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އޮފީހުގެ މަސައްކަތާ ގުޅުންހުރި ޔުނިވަރސިޓީގެ އިސްވެރިން އަންގާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 އެޕްރީލް 27 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-061

 

ނޯޓް:

 

  • މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މެނޭޖްމަންޓާއި ގުޅޭ ދާއިރާތަކެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
20 އޭޕްރިލް 2026
ހޯދާ