|
1. ހޮސްޕިޓަލްގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ ފައިންނޭންސް، ޕްރޮކިއުމެންޓް، ސްޓޯރ އެންޑް ސަޕްލައިޒް އާގުޅުންހުރި ކަންތައްތައް ރާވާހިންގުން.
2. ޔުނިޓް ގެ މަސައްކަތްތަކާއި، މުވައްޒަފުން ސްޕަވައިޒްކޮށް، އަހަރީ ރިޕޯޓާއި، މެނޭޖްމަންޓަށް ބޭނުންވާ، ޔުނިޓާއި ގުޅުންހުރި މައުޞޫމާތުތައް ހިއްސާކުރުން.
3. ކުރިއަށްއޮތް އަހަރު ހިންގުމަށް ރޭވިފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް، އެއަހަރަކު ބަޖެޓް ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚަށް ގުޅުންހުރި އިދާރާތަކަށް ފޮނުވުން.
4. ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން މުޅި އަހަރަށް ޚަރަދު ކުރާނެ ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން މެނޭޖްމަންޓްގެ ލަފައާއި އެކު ސެކްޝަން/ޔުނިޓްތަކަށް ހިއްސާކޮށް، މެނޭޖްކުރަމުން ގެންދިޔުން.
5. ހޮސްޕިޓަލްގެ ޕްރޮކިއުމަންޓާގުޅޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޒިންމާދާރުކަމާއެކު ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރަމުންގެންދޭތޯ ޗެކުކުރުން.
6. ހޮސްޕިޓަލްގެ އެކިއެކި ސެކްޝަން/ޔުނިޓްތަކުން ފޮނުވާ ޕާރޗޭސް ރިކުއެސްޓް ތަކަށާއި ސްޓޯރ ގެ މިނިމަމް އޯޑަރ ކުއަންޓިޓީ އަށް ބޭނުންވާ ތަކެއްޗަށް ޕާޗޭސް އިންޑެންޓުހަދައި ތަކެތި ހަމަޔަށް ހުރިތޯ ބަލައި ސުޕަވައިޒްކުރުން.
7. ސެކްޝަން/ޔުނިޓްތަކަށް މުދާ ދޫކުރުމުގެ އިންތިޒާމްތައް ރާވާ ބެލެހެއްޓުން.
8. މުދާ ދޫކުރުމަށްފަހު ތަކެތީގެ ރިޕޯޓް ދުވަހުން ދުވަހަށް މުވައްޒަފުން ތައްޔާރުކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުން
9. ހޮސްޕިޓަލަށް ގެންނަ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބަލައި ޗެކުކުރުން.
10. ޕްރޮކިއުމަންޓާއި ގުޅިގެން އަންނަ އިންވޮއިސްތަކުގެ ޑޮކިއުމަންޓް ހަމަކޮށް، ފައިސާ ދެއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
11. ހޮސްޕިޓަލްއިން ކުރާ ޚަރަދުތަކުގެ ރިޕޯޓާއި ލިބޭ ފައިސާގެ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ވަގުތުތަށް ފޮނުވުން.
12. ބިލްތައް ލިބުމުން، ބިލްދެއްކުމަށް ބޭނުންވާ ސަޕޯޓިންގް ޑޮކިއުމެންޓްތައް ހުރިތޯ ބަލައި އެޚަރަދެއް ކުރި ބޭނުމާއި އެޚަރަދެއް ކުރެވޭ މުދާ ނުވަތަ ޚިދުމަތް ލިބިފައިވާކަން ކަށަވަރުކޮށް ބިލްތަކަށް ފައިސާ ދެއްކުމަށް އިންތިޒާމްތައް ހަމަޖެއްސުން.
13. ހޮސްޕިޓަލަށް ލިބޭ ބިލްތަކުގެ އެންޓްރީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި ހަފުތާއަކު އެއްފަހަރު ދެއްކުނު ބިލްތަކާއި ނުދެއްކިހުރި ބިލްތައް ޗެކްކުރުން.
14. ޕެޓީކޭޝްއާ ގުޅުންހުރި އެންމެހައި މަސައްކަތައް ބެލެއްޓުން.
15. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އިދާރާއިން އެކުލަވާލަންޖެހޭ އެންމެހާ މާލިއްޔަތާގުޅޭ ރިޕޯޓުތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ވަގުތައް ފޮނުވުން.
16. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން އަދި ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
|