ދިވެހިރާއްޖެ
FSM-ADV/2026/067
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އޮފިސަރ، ވިޝުއަލް ކޮންޓެންޓް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާރކެޓިންގ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ސޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ފެންވަރު ރަގަޅު ވީޑިއޯ އަދި ފޮޓޯ ކޮންޓެންޓް އުފެއްދުން - ކުންފުނީގެ ވިޝުއަލް ކޮންޓެންޓް ލައިބްރަރީގެ ހުރިހާ ކޮންޓެންޓެއް އަދި ވެބްސައިޓުގެ ހުރިހާ ވިޝުއަލް ކޮންޓެންޓެއް ބެލެހެއްޓުން - ކޮކްޕޯރޭޓް އިވެންޓްތަކާއި ފަންކްޝަންތަކުގެ ވީޑިއޯ އަދި ފޮޓޯގްރަފީ ކަވަރޭޖް ހެދުން - ޕްރޮޖެކްޓްގެ ޝަރުތުތައް ދެނެގަތުމާއި ކޮންޓެންޓް ބްރޭންޑް ގައިޑްލައިންތަކާ އެއްގޮތްވާކަން ކަށަވަރުކުރުމަށް ޕީއާރު ޓީމާ ގުޅިގެން މަސައްކަތްކުރުން |
|
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން - މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. |
|
މަހު މުސާރަ: |
11،000ރ އާއި 12،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް |
|
މަޤާމް: |
ސްޕެޝަލިސްޓް، ކްރިއޭޓިވް ޑިޒައިން |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާރކެޓިންގ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- މާކެޓިންގ އަދި ޕީއާރ އާއި ގުޅުންހުރި ކެމްޕޭންތަކަށް ބޭނުންވާ ގްރެފިކަލް ޑޮކިއުމަންޓްތަކާއި މެޓީރިއަލްސް އަދި އިލްސްޓްރޭޝަންސް ތައްޔާރުކުރުން - ކުންފުނިގެ ވައައިޑް އިނިޝިއޭޓިވްސް އަށް ބޭނުންވާ ގޮތަށް ވީޑިއޯ ގްރެފިކަލް ކްލިޕްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން - ވީޑިއޯގްރަފީ، ފޮޓޯގްރަފީ، ސޯޝަލް މީޑިއާއަށް ބޭނުންވާ އަސާސީ ޑިޒައިން އަދި އިވެންޓް ކޮންޓެންޓް ފަދަ ކަންކަން ކުރިއަށް ގެންދިއުން - ޑިޕާޓްމަންޓްތަކާ ގުޅިގެން އިވެންޓްތަކަށް ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، ޑިޒައިންކުރުމާއި، ހުށަހެޅުމުގައި އެންމެހައި ކަންކަން ކުރިއަށް ގެންދިއުން - އުފެއްދުންތެރިކަމާއެކު ވިސްނައި ޕްރޮޑަކްޓް މާކެޓިންގ އަށް އާ ޚިޔާލުތަކާއި ކޮންސެޕްޓްތައް އުފެއްދުން |
|
ޝަރުތުތައް: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
|
މަހު މުސާރަ: |
19,000ރ އާއި 20,000ރ އާއި ދެމެދު |
|
ޑިޕާޓްމަންޓް: |
ހެޑް އޮފީސް - ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
19 އޭޕްރިލް 2026
