ދިވެހިރާއްޖެ
ދަރިވަރުންގެ ރައްކާތެރިކަމަށް ކުރިންހުރި މަރާމާތުތަށް ކުރުން
ތިރީގައި ދެންނެވިފައިވާ މަރާމާތުތަށް ކުރުމަށް ބޭނުންވެ މިކަމަށް އިއުލާނުކުރަމެވެ.
ހ. ދެބުރި އިމާރާތުގެ މަތީ ހަ ކުލާސް ރޫމްގެ ކުޑަދޮރުތަކުގައި ގްރިލް ނުވަތަ ދަގަނޑު ފްރޭމް ހަރުކުރުން.
ށ. މި އިމާރާތުގެ ކޮރިޑޯތެރެއަށް ފެންނުވިއްސާނެހެން ބޭރަށް ވާގޮތަށް ސަތަރިޖަހައި ހިޔާކުރުން.
ނ. މި އިމާރާތުގެ ކޮރިޑޯގެ ފެން ކޫލަރުންނާއި އަތްދޮންނަ ތަށިތަކުން ފެންއެޅޭ ހިސާބުގައި އެންޓި ސްލިޕަރީ މެޓް އަޅައިދިނުން.
ވީމާ، މިމަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި އެކަށީގެންވާ އަގެއްގައި ހުށައަޅާ ފަރާތަށް މި މަސައްކަތް ދިނުމުގެ ފުރުޞަތު އޮންނާނެއެވެ.
- މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2026 އޭޕްރީލް 20 ން 2026 އޭޕްރީލް 27 ވާ ހޯމަ ދުވަހުގެ 13.30ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ، މިބީލަމަށް ރަޖިސްޓަރީވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026މެއި 11 ވާ ހޯމަ ދުވަހުގެ 8:30 ގައި މި ސްކޫލުގައެވެ.
3. ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026މެއި 31 ވާ އާދިއްތަ ދުވަހުގެ 8:30 ގައި މި ސްކޫލުގައެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ.
ބ. އަތޮޅު މަދަރުސާ
ފޯން: 6600034
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
01 ޛުލްޤަޢިދާ 1447 ހ.
19 އޭޕްރީލް 2026 މ.
