މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއް ތަޥްޙީދު ފެންޑާގެ މުށިތައް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

    ނަމްބަރ:   (IUL)295-PR/295/2026/26

                       

އިޢުލާން

މަސްޖިދުއް ތަޥްޙީދުގެ ފެންޑާގެ މުށިތައް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމް އާއިއެކު މި ބީލަމުގައި ބައިވެރިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށައަޅަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 ގެނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ބިޑްގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 03 މެއި 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

 

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން : 6560009

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލު ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

މި ބީލަމާ ގުޅޭ ކުރެހުންތައް / ތަފްޞީލުތައް ވަކި ފައިލެއްގެ ގޮތުގައި ގެޒެޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

 

19  އެޕްރީލް 2026

19 އޭޕްރިލް 2026
ހޯދާ