އިނގުރައިދޫ ހެލްތް ސެންޓަރ
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ދާއިމީ)

އިނގުރައިދޫ ޞިއްޙިމަރުކަޒު

  ރ. އިނގުރައިދޫ     

                       ނަންބަރު:776-IUL/IHC/2026/05

އިޢުލާނު

 

މަޤާމު:

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-449632

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5  (ސްޓެޕް – 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު

މުސާރަ:

9495.00/- ރ

ޖޮބް އެލަވަންސް:

2850.00/- ރ

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ޙާޒިރީ ޢިނާޔަތް: ޙާޟިރުވާ ދުވަހަކަށް -/75 (ހަތްދިހަ ފަސް ރުފިޔާ).

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމާއި، ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި ޑިއުޓީ ފެށުމުގެކުރިން ކޮންސަލްޓޭޝަންރޫމުގެ އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ބަލިމީހުންބަލަން ފެށުމުގެކުރިން ހަމަކުރުމުގެ އިތުރުން އެކިކަންކަމުގައި ޞިއްޙީމަރުކަޒުގެ ރިޝެޕްޝަނަށް އަންނަ ކޯލްތަކަށް ޖަވާބްދާރީވެ މައުލޫމާތު ފޯރުކޮށްދިނުން.
  2. ބަލިމީހާ ދައްކާ ވާހަކަ އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި ޑޮކްޓަރުދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެ ފުރިހަމަގޮތުގައި ބަލިމީހާއަށް ފަހުމް ވާނޭހެން ދިވެހިބަހުން ބުނެދިނުން.
  3. ބަލިމީހުން ރެފަރކުރުމަށްޓަކައި ވިނަވި ޕޯޓަލް މެދުވެރިކޮށް ފުރަންޖެހޭ ފޯމުތައް ފުރައި، އާސަންދައާއި ދެމެދު އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މުއާމަލާތްތަށް ކުރުމާއި ދަތުރުގެ އެންމެހައި ކަންކަން ހަމަޖެއްސުން.
  4. ބަލިމީހުންގެ ސިއްރުތައް ހިފެއްޓުމާއި، ހަމަހަމަކަމާއި އެކު ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރުން.
  5. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި، ޑޮކްޓަރ ކޮޓަރިއަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
  6. ބަލިމީހާގެ ބަލީގެ ތަފްޞީލް، ޕޭޝަންޓް ރެކޯޑް( އެޗް.އައި.އެސް އަދި ވިނަވި ސިސްޓަމް)ގެ ތެރޭގައި ޑޮކްޓަރުގެ ލަފާގެ މަތިން ބެލެހެއްޓުމާއި ފައިލްކުރަންޖެހޭ އެންމެހައި މެޑިކަލް ރެކޯޑްސް ފައިލްކުރުން.
  7. އައުޓް ޕޭޝަންޓް ރެކޯރޑްސް ބެލެހެއްޓުމާއި އައި.ސީ.ޑީ( އިންޓަނޭސަނަލް ކްލަފިކޭސަން އޮފް ޑިސީސް) ކޯޑިންގެ ހުރިހާމަސައްކަތެއް ކުރުން.
  8. އައުޓްރީޗް ކޮންސަލްޓޭޝަން ތަކުގައި ހޮސްޕިޓަލްއިން ޒިޔާރަތްކުރާ ޑޮކްޓަރުންނާއި، މުވައްޒަފުންނާއި ގުޅިގެން އެންމެ ފުރިހަމަ ގޮތުގައި އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިއުން.
  9. އެކި ކަންކަމުގައި ޞިއްހީމަރުކަޒަށް ޒިޔާރާތް ކުރައްވާ ފަރާތްތަކާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމާއި ކަމާބެހޭ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ޙިއްސާނުކުރުން.
  10. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް ގަވާއިދާއި އެއްގޮތަށް ނަމްބަރާއި، މެމޯ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރާއި، މެމޯ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރޫނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  11. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދުމަތަށް މަގުފަހިކޮށް ދިނުމާއެކު، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމާއެކު، ޚިދުމަތް ލިބުނު ފަރާތްތައް ހޯދައި، އެމްބިއުލާންސްގެ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ބަޖެޓް މުވައްޒަފަށް ހަވާލުކުރުން.
  12. ރިސެޕްޝަންގައި ހުންނަ (ޞިއްޙީމަރުކަޒުގެގެ ތަންތާގެ ތަޅުދަނޑިތައް ބަހައްޓާފައި ހުންނަ) ތަޅުދަނޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަނޑި ދޫކުރުމާއި ޙަވާލުވުމުގައި ޞިއްހީމަރުކަޒުން ހަމަޖައްސަފައިވާ ގަވާއިދާ އުސޫލާއި އެއްގޮތަށް އެކަންކުރުން.
  13. ޞިއްޙީމަރުކަޒުންދޭ ޙިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ބިލް ހަދައި ފައިސާ ބަލައިގަނެ، އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކުގެ ސްލިޕްއާއި ނަގުދު ފައިސާ ދުވަހުން ދުވަހަށް ބަޖެޓަށް ހުށައެޅުން.
  14. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް (އިންޕޭޝަންޓް/އައުޓް ޕޭޝަންޓު ވަކިން) އަނެއްދުވަހު ހެދުނު އޮފީހުގެ ބަޖެޓް ސެކްޝަނަށް ހަވާލުކުރުން.
  15. ފައިސާ ބަލައިގަތުމާއި މަސައްކަތާއިގުޅޭ އެންމެހާ ޤަވާއިދުތައް ބަލާ އެޤަވާއިދަށް އަހުލުވެރިވެ، އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ސެކްޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް އެކަމެއް އޮޅުންފިލުވުން.
  16. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެޙިދުމަތް ދޭ ޑިޕާޓްމަންޓްގެ މުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން.
  17. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން.
  18. ޞިއްޙީމަރުކަޒަށް ހިދުމަތް ހޯދަން އަންނަފަރާތް ތަކާއި ހޮސްޕިޓަލުން އިތުރު ފަރުވާއަށް ފޮނުވޭ ބަލިމީހުންނާއި ގުޅިގެން އަމަލީގޮތުންނާއި އިދާރީ ގޮތުން އެޖެންސީތަކާއި ދެމެދު ކުރަންޖެހޭ އެންމެހައި ކަންކަން ގަވާއިދުން ކުރުން.
  19. ބަލިމީހުންނަށް ހިދުމަތް ދިނުމާއި ގުޅުންހުރި އިދާރީ މަސަކަތްތަކާއި އެހެނިހެން އެންމެހައި މަސައްކަތްތަށް ފަރުވާތެރިކަމާއި އިހްލާސް ތެރިކަމާއެކު ކުރުން.
  20. އެދުވަހަކު އެސައިންކުރެވޭ (ރިސެޕްޝަން) ތަނުގައި ސްޕަވައިޒަރުގެ ލަފާގެ މަތިން ޑިއުޓީ ނިމެންދެން ޙިދުމަތް ދިނުމަގައި މަޑުކުރުން.
  21. ކުންފުނިތަކަށް ހަދަންޖެހޭ އެންމެހައި އިންވޮއިސްތައް ހެދުން.
  22. ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ، އިންޓަރނަލް އޮޑިޓިންގ، ކޮމާސް. ނަރސިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.4 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ60%(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޭޕްރީލް 2026 ގެ 10:00 ގެ ކުރިން، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected])) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ،  29އޭޕްރީލް 2026 އާއި 03 މެއި 2026 އާ ދެމެދު، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580395 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 ޝައްވާލް 1447

16 އޭޕްރީލް 2026

16 އޭޕްރިލް 2026
ހޯދާ