ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

މި ރަށު ބަށީރާ ހިނގުން މަގުގެ އިރުމަތީފަރާތުގައިވާ ފިނި މައިޒާނުގެ ދެކުނުފަރާތުން ފެށިގެން ކަނީރު މަގާ ދެމެދު ދިރާގު އެންޓަނާގެ އިރުމަތީފަރާތާ ހަމަޔަށް ނޫ ކުލައިގެ ދަވާދުން 01 އިން 123 އަށް ނަންބަރު ޖަހާފައިވާ ރުއްގަހާއި މި ރަށު ބީޗު ހައުސް ގޭގެ އުތުރު ފަރާތުން ފެށިގެން ބަށީރާ ހިނގުމުގެ ދެކުނު ފަރާތާ ދެމެދު އިރުމަތީ ފަރާތުގައި ނޫ ކުލައިގެ ދަވާދުން 01 އިން 28 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަށް ބޭނުންވެއެވެ.

ވީމާ، އިސްވެދެންނެވިފައިވާ ސަރަޙައްދުތަކުގައި ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުއްގަހުގެ ނަންބަރު އެނގޭގޮތަށް 26 އޭޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 އޭޕްރިލް 2026
ހޯދާ