ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކައުންސެލަރ

 `

 

ފުވައްމުލަކު ސްކޫލް

  ފުވައްމުލައް، ދިވެހިރާއްޖެ     

                     1088/IUL/2026/01:ނަންބަރ   

އިޢުލާނު

 

މަޤާމު:

ސްކޫލް ކައުންސެލަރ

މަޤާމުގެ ނަންބަރު:

J-448859

ބޭނުންވާ އަދަދު:

 1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 (ސްޓެޕް 1)

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލަކު ސްކޫލް، ޏ. ފުވައްމުލައް

މުސާރަ:

ރޭންކް:

މުސާރަ:

މަޤާމުގެ އެލަވަންސް:

ޙާޟިރީ އެލަވަންސް (ޙާޟިރުވާ ކޮންމެ ދުވަހަކަށް)

ރޭންކް 1

10664/-

4977/- ރުފިޔާ

135/- ރުފިޔާ

 

 

 

އެހެނިހެން އެލަވަންސް:

 

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ދައުލަތުގެ ޕޭ ފްރޭމްވޯރކްގެ މިންގަނޑުތަކުގައި ވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި ކުރިއަށް ގެންދިއުން.
  2. ކައުންސެލިންގ ސަޕޯޓް ބޭނުންވާ ދަރިވަރުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ސްކޫލް ބޭސްޑް ރިފަރަލް ސިސްޓަމެއް ޤާއިމްކޮށް ޓީޗަރުން / ލީޑިންގ ޓީޗަރުން / ބެލެނިވެރިންނަށް ދަރިވަރުން ކައުންސެލިންގ އަށް ރިފަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު ވޮލަންޓަރީކޮށް ސެޝަނަށް އައުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން.
  3. ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނަށް އިންޓަރވެންޝަން ފޯރުކޮށްދިނުމަށް ސްކޫލުގެ އެހެން މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެކަން ވިލަރެސްކުރުން.
  4. ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދެވޭ އެންމެހާ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި ކޮންމެ ސެޝަނަކަށްފަހު ސެޝަން ނޯޓްސް ތައްޔާރުކޮށް ބެލެހެއްޓުން.
  5. ތަފާތު އެކި ޙާލަތްތަކުގެ ސަބަބުން ވަލްނަރަބަލްވެފައިވާ ކުދިން ފާހަނގަކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ޓީޗަރުންނާއި ސްކޫލުގެ ވެރިންގެ މަތިން ހަމަޖައްސައި މިމަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ދައުލަތުގެ އެހެން މުއައްސަސާތަކާއި އެކު މަސައްކަތްކުރުން.
  6. ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންގެ ތެރެއިން ސެޕްޝަލައިޒްޑް ސަޕޯޓް ބޭނުންވާ ކުދިން ފާހަގަކޮށް ރިފަރަލް ހެދުން.
  7. ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަދާފައިވާ ޕޮލިސީތަކާއި ސިޔާސަތުތަކާއި އުސޫލުތައް ސްކޫލުގެ ލަފަޔާއި އިރުޝާދުގެ މަތިން ތަންފީޒްކުރުން.
  8. ދަރިވަރަކަށް ލިބޭ ގޯނާ / އަނިޔާ / އިހްމާލެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ރިޕޯޓްކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ "ތަޢުލީމީ ދާއިރާގައި ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމަށް އެކުލަވާލާފައިވާ އުސޫލު" އާއެއްގޮތަށް ރިފަރކޮށް ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ދަރިވަރެއް ނުވަތަ ދަރިވަރުންތަކަކާއި ގުޅުންހުރި މައްސަލައެއްގައި ކައުންސެލަރ ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ޝަރުއީ ކޯޓަކަށް ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލީގަލް އޮފިސަރުގެ ފަންނީ ލަފާޔާއެކު ކުރިއަށް ގެންދިއުން.
  10. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދަރިވަރުންގެ ނަފްސާނޫ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސްކޫލު އިސްވެރިންގެ ލަފަޔާ އިރުޝާދުގެ މަތިން ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވާ ހިންގުން.
  11. ތަޢުލީމީ ދާއިރާގައި ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމަށް އެކުލަވާލާފައިވާ އުޞޫލުގެ ދަށުން ސްކޫލުގައި މަސައްކަތްކުރާ ލިޔޭޒަން ނުވަތަ ޑެޕިއުޓީ ލިޔޭޒަން އޮފިސަރުގެ މަސައްކަތް ކުރުން.
  12. ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދަރިވަރުންނަށް ފޯރުކޮށްދިނުން.
 
 
 
 
 
 
 
 
 
 
 

 

 

މަޤާމުގެ ޝަރުޠުތައް:

 

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމަށް އައްޔަން ކުރާއިރު ބޭނުންވާ ލައިސަންސްތަކާއި، ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

 

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ
  • ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
  • އެޑިޔުކޭޝަން ކައުންސެލިންގ
  • އެޑިޔުކޭޝަން (ގައިޑެންސް އެންޑް ކައުންސެލިންގ)
  • އެޑިޔުކޭޝަން (ސައިކޮލޮޖީ އެންޑް ކައުންސެލިންގ)
  • ސައިކޮލޮޖީ
  • ސްކޫލް ކައުންސެލިންގ

 ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

ކޯ ޑިސިޕްލިން:

  •  ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ކައުންސެލިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 (https://www.csc.gov.mv/Policy/Index/51)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

- ކައުންސެލިންގ ލައިސަންސް އަދި ރަޖިސްޓްރޭޝަން ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

20%

އިންޓަރވިއު

35%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 22 ވާ ބުދަދުވަހު 14:00ގެ ކުރިން، ފުވައްމުލަކު ސްކޫލަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،  އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށްފަހު އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި، ޕްރެކްޓިކަލް އޮންނާނީ 2026 އޭޕްރީލް 29 އާއި މެއި 14 އާއި ދެމެދު، ފުވައްމުލަކު ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6860002) އަށެވެ. އީ-މެއިލް ކުރާނީ [email protected]  

(އީ-މެއިލް އެޑްރެސް) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން

ހުންނާނެއެވެ.

 

 

28 ޝައްވާލް 1447

16 އޭޕްރީލް 2026  

 

 

16 އޭޕްރިލް 2026
ހޯދާ