ދިވެހިރާއްޖެ
އެހެން އަހަރުތަކެކޭވެސް އެއްގޮތައް 2026 ވަނަ އަހަރުވެސް އަޟްޙާ ޢީދުގެ ކަންކަން ރާވައި ހިންގުމަށް ޢީދުކޮމެޓީ އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ޢީދުކޮމެޓީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސްއެއް ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. ވީމާ، މިކޮމެޓީގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ނަން ހުށަހައެޅުމަށް އެދިލައްވާ ފަރާތްތަކުން ނަމާއި އައިޑީކާޑް ނަންބަރު އަދި ކުރިމަތިލާ މަޤާމް ހިމެނޭހެން ސިޓީއަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޢީދުކޮމެޓީގެ މެމްބަރުން ނެގުމަށް ހަމަޖެހިފައިވާ މަޤާމްތަކާއި މަޤާމްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
|
# |
މާޤާމް |
މަސްއޫލިއްޔަތު |
އެލަވަންސް |
|
1. |
ޢީދު ކޮމެޓީގެ ރައީސް |
ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވުން. ކޮމެޓީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން. ޢީދު ކޮމެޓީގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުން. ކޮމެޓީގެ މެންބަރުންނާއި އެކުގައި މަޝްވަރާކޮށް ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް ހެދުމާއި މަސަކަތްތައް މެންބަރުންނާއި ހަވާލުކުރުން. ކޮމެޓީގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭކަން ކަށަވަރުކުރުން. |
-/2000 |
|
2. |
ޢީދު ކޮމެޓީގެ ނާއިބު ރައީސް |
ރައީސް ނެތް ހާލަތުގައި ރައީސްގެ ހުރިހާ ޒިންމާތަކެއް އަދާކުރުން. ކޮމެޓީގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުވުން. ކޮމެޓީގެ ރައީސް އަދި މުޅި ކޮމެޓީގެ މަޝްވަރާގެ މަތީން ހަވާލު ކުރެވޭ މަސައްކަތްތައް ޒިންމާދާރު ކަމާއި އެކުގައި ގަޑިން ގަޑިއަށް އަދާކުރަމުން ގެންދިއުން. |
-/1500 |
|
3. |
ޢީދު ކޮމެޓިގެ މެންބަރުން( މެންބަރުކަން ކުރުމުގެ ފުރުސަތު ދެވޭނީ ކޮންމެ ޓީމަކުން މެންބަރަކަށް) |
ކޮމެޓީގެ ރައީސް އަދި މުޅި ކޮމެޓީގެ މަޝްވަރާގެ މަތީން ހަވާލު ކުރެވޭ މަސައްކަތްތައް ޒިންމާދާރު ކަމާއި އެކުގައި ގަޑިން ގަޑިއަށް އަދާކުރަމުން ގެންދިއުން. ޓީމުތަކާއި ގުޅުން ހުރި ކަންކަމާއި މައްސަލަތައް ކޮމެޓީގެ ސަމާލުކަމަށް ގެނަސް، އިންސާފުވެރިކަމާއި އެކުގައި މައްސަލަތައް ނިންމުމަށް ކޮމެޓީއަށް ދޭންޖެހޭ އެއްބާރުލުން ދިނުން. ކޮމެޓީގެ ޖަލްސާތަކަށް ޤަވާއިދުން ހާޒިރުވުން.
|
-/1000 |
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
