ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ. ތިމަރަފުށީ "ޝާކް" ގޯތީގެ ރަޖިސްޓްރީ ގެއްލިގެން
އިޢުލާން
މި ރަށު "ޝާކް" (ރަޖިސްޓްރީ ނަންބަރު: 350) ކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިފައިވާ ކަމަށް، އެ ގޯތީގެ ވެރިފަރާތުން މިއިދާރާއަށް ވަނީ ހުށަހަޅާފައެވެ.
ވީމާ، މި ރަޖިސްޓްރީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ހުށަހަޅާފައި ނުވާނަމަ، "ޝާކް" ގޯތީގެ ނަމުގައި މީގެ ކުރިން ދޫކޮށްފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
15 އޭޕްރިލް 2026
ހޯދާ
