ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ފާޚާނާބަރި ބައިކުރާ ފާރުރޭނުމާއި، ސެން ދަރިވަރުންގެ ފާޚާނާ ބޮޑުކުރުން

ފާޚާނާބަރި ބައިކުރާ ފާރުރޭނުމާއި، ސެން ދަރިވަރުންގެ ފާޚާނާބޮޑުކުރުން

މިސްކޫލުގެ ފާޚާނާބަރި ބައިކުރާ ފާރުރޭނުމާއި، ސެން ދަރިވަރުންގެ ފާޚާނާ ބޮޑުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)RS/1/2026/32 (24 މަރިޗު 2026) އިޢުލާންގައިވާ މަސައްކަތަށް ބަދަލުގެންނަންޖެހިފައިވާތީ، އެޢިއުލާނާގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބާތިލްކޮށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

  1. ރެހެންދި ސްކޫލްގެ ފާޚާނާބަރި ބައިކުރާ ފާރުރޭނުމާއި، ސެން ދަރިވަރުންގެ ފާޚާނާ ބޮޑުކުރުމަށް ބޭނުންވެއްޖެއެވެ.
  2. ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  3. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޭޕްރިލް 15 ން 2026 މާރިޗު 21 ގެ 14:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: : https://forms.gle/qaLoQgG39NigdVre7
  6. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރިލް 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރިލް 23 ވަނަ ދުވަހުގެ 10:30 ގައިރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތާއި ޖަދުވަލުތައް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  9. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  33557700، 3359900

އީ-މެއިލް: [email protected]

  

15 އޭޕްރިލް 2026

15 އޭޕްރިލް 2026
ހޯދާ